ކުވެއިތުގެ އަމީރު ޝައިޚް ސަބާޙް އަލް އަޙްމަދު އަލް ސަބާޙް އަވަހާރަވެއްޖެއެވެ.
ޝައިޚް ސަބާޙް އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ކުވެއިތާއި އެމެރިކާގައިވެސް ގިނަދުވަސްތަކެއް ވަންދެން އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ. އެމަނިކުފާނު އަވަހަރާވެފައި ވަނީ، އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 91 އަހަރެވެ.
ޝާހީ އާއިލާއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު، ޝައިހް އަލީ ޖައްރާ އަލް-ސަބާހް ވަނީ ކުވެއިތުގެ އަމީރު އަވަހާރަވިކަން މިޑީއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އޭނާ ވަނީ އެކަމާއި ހިތާމަ ފާޅުކުރަށްވާކަން ހާމަ ކުރައްވާފަ އެވެ. ޝައިޚް ސަބާޙްގެ އާލާސްކަންފުޅު ބޮޑުވުމާ ގުޅިގެން ވެރިކަމުގެ ޒިންމާތައް އުފުއްލަވަމުން ގެންދަވަނީ އެއްބަފާ ވަލީ އަޙުދު ޝައިޚް ނަވާފް އަލް އަޙްމަދެވެ.
2006 ވަނަ އަހަރު، އަމީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން އެމަނިކުފާނުވަނީ ފޮރިން މިނިސްޓަރ ގެ މަޤާމު ސާޅީހަށްވުރެ ގިނަ އަހަރުދުވަހު ފުރުއްވާފައެވެ. ޝައިޚް ސަބާޙްއަކީ މެދު އިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.
މެދުއިރުމަތީގެ ހަނގުރާމަތަކުގައި އަނިޔާލިބެމުންދާ ޢާއްމުންނާއި ކުޑަކުދިންގެ ޙައްގުތައް ޙިމާޔަތްކޮށްދެއްވުމަށާއި އެހީ ހޯއްދެވުމުގައި އެމަނިކުފާނަކީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު