ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ، މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތަކުން ހާމަވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ ދަރަނި 37 ބިލިއަން ރުފިޔާއަށް މިވަނީ އަރައިފައެވެ.
މި ހިސާބުތައް ދައްކާ ގޮތުން، މައިގަނޑު ގޮތެއްގައި އަމިއްލަ ޚަރަދުގައި ހިންގާ ސަރުކާރު ކުންފުނިތަކުގައި 33.1 ބިލިއަން ރުފިޔާގެ ދަރަނި އެބަ އޮތެވެ. މީގެ އިތުރުން، ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ދަރަނި 3.97 ބިލިއަން ރުފިޔާއަށް އަރައެވެ.
އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓާގެ ހިސާބުތަކުން ދައްކާ ގޮތުން އެންމެ ބޮޑު ދަރަންޏެއް އޮތީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގައެވެ. އެ ކުންފުނީގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރައެވެ. ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައެވެ. އެ ކުންފުނީގެ ދަރަނި ހުރީ 9.3 ބިލިއަން ރުފިޔާގައެވެ.
ދައުލަތުގެ ބަޖެޓުން މާލީ އެހީ ދޭން ޖެހޭ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަންޏެއް އުފައްދާފައި އޮތީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އެވެ. އެ ކުންފުނީގެ ދަރަނި 2.7 ބިލިއަނަށް އަރައެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ކުންފުނިތަކުގެ ޖުމްލަ ދަރަނި ހުރީ 35 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރަށް ދަރަނި އެހާ ބޮޑަށް އިތުރުވެފައިވަނީ އެ މުއްދަތުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އެމްއޭސީއެލްގެ ދަރަނި އިތުރުވެފައިވާތީ ކަމަށް ރިޕޯޓުން ދައްކައެވެ. އެގޮތުން އެސްޓީއޯގެ ދަރަނި ވަނީ 983 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި އެމްއޭސީއެލްގެ ދަރަނި ވަނީ 1.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ އިތުރުން، ފަހިދިރިއުޅުން ކޯޕަރޭޝަންގެ ދަރަނި ވެސް ވަނީ 900 މިލިއަން ރުފިޔާ އިތުރުވެފައެވެ.
ނަމަވެސް، ދެވަނައަށް އެންމެ ބޮޑު ދަރަންޏެއް އޮތް އެޗްޑީސީގެ ދަރަނި މިދިޔަ އަހަރުގެ ފަހު ކުއާޓާއަށް ވުރެ ފަސް ޕަސެންޓު ދަށްވެފައިވެއެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެކުންފުނީގެ ދަރަނި ހުރީ 9.8 ބިލިއަން ރުފިޔާގަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ ބަޖެޓުކުރި 378.3 މިލިއަން ރުފިޔާއަށްވުރެ 1.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ކުންފުނިތަކުގެ ދަރަނި އިތުރުވިއިރު، ފުރަތަމަ ކުއާޓާގައި ކުންފުނިތަކުގެ އާމްދަނީ ވަނީ ނުވަ ޕަސެންޓަށް ދަށްވެފައެވެ.
ކުންފުނިތަކުގެ ދަރަނި ބޮޑުތަނުން އިތުރުވެފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 37،900 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާކަމަށް ޕީސީބީގެ ރިޕޯޓްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު