ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ނަމުގައި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ފަހަތުގައި އޮވެ ސަރުކާރުން މިހާރު ފަށާފައިވާ މުވައްޒަފުން ވަކިކުރުމުގެ މަޝްރޫއަކީ، އެތައް ހާސް އާއިލާއެއް ބިކަކޮށްލާނެ އިންސާފުން އެއްކިބާވެފައިވާ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ޚާއްޞަކޮށް، އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ސިޔާސީ ޖަރީމާއެކެވެ.
ޕީސީބީން ކުންފުނިތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައިވާ ގޮތުން، ކުންފުނިތަކުގެ މުވައްޒަފުންގެ 33 އިންސައްތަ މަދުކުރުމަށް ވަނީ އަންގާފައެވެ. އޮގަސްޓް މަހުގެ ނިޔަލަށް މި އަދަދު ހާސިލުކުރުމަށް މަސައްކަތް ކުރަމުންދާއިރު، މިއީ ގާތްގަނޑަކަށް 14,000 އެއްހާ މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމެކެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާހަގަކުރެއްވި ގޮތުގައި، އެއްވެސް ދިރާސާއެއް ނުވަތަ ޕްލޭނެއް ނެތި ކުއްލި ގޮތަކަށް މިހާ ގިނަ ބައެއްގެ ވަޒީފާ ދުއްވާލުމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެއަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެކެވެ. މިއީ ހަމައެކަނި ހިސާބު އަކުރަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. މިއީ އެތައް ހާސް ބައެއްގެ ދިރިއުޅުމާއި، ކުއްޔާއި، ކާބޯތަކެތީގެ ޔަގީންކަން ނަގާލުމެވެ.
މި "އަނިޔާވެރި" ސިޔާސަތުގެ ހިތްދަތިކަން އެންމެ ބޮޑަށް އިހުސާސް ކުރަން ޖެހިފައިވަނީ މުޖުތަމައުގެ އެންމެ ނާޒުކު ފަރާތްތަކަށެވެ. ޖެންޑަރ މިނިސްޓްރީގެ "ރިވެލި އެވޯޑު" ހާސިލުކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ހުނަރުވެރި ޒުވާނަކު ފެނަކަ ކޯޕަރޭޝަނުން ވަކިކުރި މައްސަލައަކީ މީގެ ހިތާމަވެރި މިސާލެކެވެ. ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި މާލެ ބަދަލުވާން ޖެހުމުން، އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި މާލޭ އޮފީހުން ވަޒީފާ ހަމަޖައްސައިދިނުމުގެ ބަދަލުގައި، ފެނަކައިން ވަނީ ޖާގަ ނެތް ކަމަށް ބުނެ އެ ޒުވާނާ ވަޒީފާއިން ވަކިކޮށްފައެވެ. ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ވިދާޅުވި ފަދައިން، މިއީ މި ސަރުކާރުން ދައްކާ "އޯގާތެރިކަމުގެ" އަސްލު ސޫރައެވެ.
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ތުހުމަތު ކުރައްވާ ގޮތުގައި، މި މަޝްރޫއަކީ އިގްތިސާދު ރަނގަޅު ކުރުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ޕީއެންސީގެ އެކްޓިވިސްޓުންނަށް ވަޒީފާ ބަހަން ހިންގާ ހީލަތްތެރި ރޭވުމެކެވެ. ގައުމުގެ އިގްތިސާދު ހީނަރުވެ، ޑޮލަރުގެ އަގު އަތްނުފޯރާ ފަށަށް އަރާފައިވާއިރު، އާންމު މުވައްޒަފުން ވަކިކުރަމުން ދާއިރުވެސް، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމާއި، ކޮރަޕްޝަނާއި އިސްރާފު ހުއްޓުމެއް ނެތި ކުރިއަށް ދިއުމަކީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ހާމަވާ ކަމެކެވެ.
ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ދަނީ މި އަމަލުތައް ދިފާއުކޮށް، ރައްޔިތުންގެ އިހުސާސްތަކަށް ގޮންޖަހަމުންނެވެ. ޕީއެންސީގެ މެންބަރުން ވިދާޅުވާ ގޮތުގައި، ވަޒީފާއިން ވަކިކުރަނީ "ހައްގުތައް ކަށަވަރުކޮށްދިނުމަށް ފަހު" އެވެ. ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވީ، ވަކިކުރާ މީހުންނަށް ލޯނު ދިނުން ފަދަ ފުރުސަތުތައް ފަހިކޮށްދޭ ކަމަށެވެ. ވަޒީފާ
އިން ވަކިކުރާ މީހުންނަށް ލޯނު ދޭ ވާހަކަ ދައްކަވާއިރު، ވަޒީފާ ނެތް މީހަކަށް ލޯނު ދައްކާނީ ކިހިނެއްތޯ އުފެދޭ ސުވާލަށް ޖަވާބެއް ނެތެވެ. އަދި ޕީޖީ ލީޑަރު އިބްރާހީމް ފަލާހް، ނުހައްގުން ވަޒީފާއިން ވަކިކުރި ބަޔަކު ނެތް ކަމަށް ވިދާޅުވުމަކީ، މަގުމަތިވަމުންދާ އާއިލާތަކުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާލެކެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ސަރުކާރުގެ "ރަބަރު ފިލާ" ތަކަކަށް ވެގެން ތިބެ، ރައްޔިތުންގެ ހައްގުތައް ފޭރިގަތުމަށް ވާގިވެރިވުމަކީ ތާރީޚު މާފުކުރާނެ ކަމެއް ނޫނެވެ.
ސަރުކާރުން ގާނޫނާ ހިލާފަށް އަމަލުކުރާކަމުގެ ހެއްކަކީ، މިހާތަނަށް 37 މީހެއްގެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވުމެވެ. އެމްޑީޕީގެ 'ބޮޑު ބަދަލު' އޮފީހުގެ އިސްވެރިޔާ ހަސަން ލަތީފް ވިދާޅުވި ގޮތުގައި، އިތުރު 65 މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މިއީ ވަޒީފާއިން ވަކިކުރުމުގައި އެއްވެސް އުސޫލެއް ނެތްކަމާއި، މިއީ ހަމައެކަނި ސިޔާސީ މަގްސަދެއްގައި ހިންގާ ޖަރީމާއެއްކަން ސާފުކޮށްދޭ ކަމެކެވެ.
ކުންފުނިތައް "ރަނގަޅު ސައިޒަށް" ގެނައުމުގެ ނަމުގައި ސަރުކާރުން ހިންގާ މި އަމަލަކީ، ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ. ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދިނުމަށްޓަކައި، އެތައް އަހަރެއްގެ ތަޖުރިބާ ހުރި އާންމު މުވައްޒަފުން ބިކަކޮށްލުމަކީ ގައުމުގެ ކުރިމަގު ބަނަވެގެންދާނެ ކަމެކެވެ. ސަރުކާރާއި މަޖިލީހުގެ މެންބަރުން ސިޔާސީ ބަދަލުހިފުން ހުއްޓާލައި، ރައްޔިތުންގެ ވަޒީފާގެ ކަށަވަރުކަން ދަމަހައްޓަން ޖެހެއެވެ. އެހެންނޫންނަމަ، މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް އިގްތިސާދާއި އިޖުތިމާއީ ފޭރާން މުޅިން ވީދި، ގައުމު ބޮޑު ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު