ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު
ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު
ވަޒީރުންނާއި ފަޑިޔާރުންނަށް އަގުބޮޑު ކާރުގެ ބަދަލުގައި ދޭންވީ ބައިސްކަލް ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޚުވެއްޖެއެވެ.

މޫސަ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޓްރެފިކް ތޮއްޖެހި މާލެސަރަޙައްދަށް ލުޔެއް ހޯދުމާއި ދަވްލަތުގެ ޚަރަދު ކުޑަކުުރުމުގެ ގޮތުން ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި ފަނޑިޔާރުން ފަދަ ފަރާތްތަކަށް ދަޢުލަތުގެ ޚަރަދުގައި އަގުބޮޑު ކާރުކޮޅު ދިނުމުގެ ބަދަލުގައި ދޭންވީ ބައިސްކަލް ކަމަށެވެ.





"ޓްރެފިކް ތޮއްޖެހި މާލެ ސަރަޙައްދަށް ލުޔެއް ހޯދުމާއި ދަޢުލަތުގެ ޚަރަދު ކުޑަކުުރުމުގެ ގޮތުން ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި ފަނޑިޔާރުން ފަދަ ފަރާތްތަކަށް ދަޢުލަތުގެ ޚަރަދުގައި އަގުބޮޑު ކާރުކޮޅު ދިނުމުގެ ބަދަލުގައި ދޭންވީ ސްޕީޑް ރެލީ ބައިސްކަލް." މޫސަ ވިދާޅުވިއެވެ.

އޭގެ އިތުރުން މޫސަ ވިދާޅުވީ ވަޒީރުންފަދަ ބޭފުޅުންގެ ބައިސްކަލް ހުންގާނު ދަނގަޑުގެ ކަނާތްފަރާތުގައި އެސްއެސް ދަގަނޑުން ރީތި ދިދަދަނޑިއެއް ޖަހާ ޢޭގައި ދިދަ ހަރުކޮށް ރަސްމީ ބައިސްކަލްގެ ނަމުގައި ދިނުން ވެސް ރަނގަޅު ކަމަށެވެ.

މޫސަ މިހެން ވިދާޅުވެފައިވާއިރު ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވަން ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު