އަހުމަދު ޝާހް   22 ޑިސެމްބަރު 2025 - 11:37
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަޙްމަދު ސިއްދީޤު
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަޙްމަދު ސިއްދީޤު
ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސިއްދީގް އައްޔަން ކުރަށްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިއްދީޤު އެ މަގާމަށް އައްޔަނު ކުރަށްވާފައިވަނީ އިއްޔެއެވެ. މީގެކުރިން ހެލްތު މިނިސްޓްރީގެ ދަށުގައި އޮތް އެންޑީއޭ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި ވަނީ މި ސަރުކާރުގައެވެ.

އެންޑީއޭގެ ޗެއާމަންގެ މަގާމު ހުސްވީ، ކުރިން އެމަގާމުގައި ހުންނެވި ލުބްނާ ޒާހިރު ހުސައިން ފޮރިން މިނިސްޓްރީ އަށް ބަދަލު ކުރެއްވުމާ ގުޅިގެންނެވެ. އެއަށްފަހު އެންޑީއޭ ހިންގަމުން ދިޔައީ ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމްގެ ބެއްލެވުމުގެ ދަށުންނެވެ.

އެންޑީއޭއަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑްލް ކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި، މަސްތުވާތަކެތިން ސަލާމަތްވުމަށް ހިންގާ ޕްރިވެންޝަން ޕްރޮގްރާމާއި، ފަރުވާގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތްކުރުމާއިއެކު މަސްތުވާތަކެތިން ސާފުމުޖުތަމަޢުއެއް ބިނާކުރުމަށް އުފައްދާފައިވާ އިދާރާއެކެވެ.

ނަމަވެސް ދާދިފަހުން ވަނީ އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދޭ މައްސަލަތަކެއް ފެންމަތިވެ އެތަނުގެ ބައެއް މުވައްޒަފުން ހައްޔަރުވެސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު