ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަށް މިދިޔަ އަހަރު 229 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން ޕީސީބީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
2024 ވަނަ އަހަރުގެ ހަތަރު ކުއާޓާގައި ވެސް އެކުންފުނި ހިންގާފައިވަނީ ގެއްލުމުގައެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފަހު ކުއާޓާގައެވެ. އެއީ 70 މިލިއަން ރުފިޔާއެވެ.
އާރުޑީސީއަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ވެސް 114 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް 2022 ވަނަ އަހަރު އެ ކުންފުނިން ވަނީ 34 މިލިއަން ރުފިޔާގެ ފައިދާ ހޯދައިފައެވެ.
ކުންފުނީގެ ގެއްލުން މައްޗަށްދާއިރު، ކުންފުނީގެ ހަރަދުތައް ވެސް ވަނީ ބޮޑުވެފައެވެ. މިދިޔަ އަހަރު ކުންފުނީގެ ހަރަދުތަކަށް 443 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، އެކި ޕްރޮޖެކްޓްތަކުން ލިބިފައިވަނީ 409 މިލިއަން ރުފިޔާ އެވެ. އަދި ކުންފުނިން ކުރު މުއްދަތުގައި އަދާކުރަން ޖެހޭ ދަރަނި 636 މިލިއަން ރުފިޔާއަށް އަރައެވެ.
އާރްޑީސީ މިދިޔަ ދެ އަހަރު ގެއްލުމުގައި ހިންގާފައިވާއިރު، އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް 14 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް އެކަނި 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އޭސީސީން ބުނެއެވެ. މީގެ އިތުރުން، އާރްޑީސީއާ ގުޅޭ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން ކުންފުނި ހިންގުމުގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުގެ މައްސަލަތައް ފުލުހުން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު