އިންޑިއާގެ ހިންދޫއެއް ބަންގްލަދޭޝްގައި މަރާލުމާއި ގުޅިގެން ހިންގާ ހަމަނުޖެހުން
އިންޑިއާގެ ހިންދޫއެއް ބަންގްލަދޭޝްގައި މަރާލުމާއި ގުޅިގެން ހިންގާ ހަމަނުޖެހުން
އިންޑިއާގެ ހިންދޫއެއް ބަންގްލަދޭޝްގައި ވަރަށް އަނިޔާވެރިކޮށް މަރާލުމަށް ފަހު އަންދާލި މައްސަލަ ހޫނު ވެފައި ވަނިކޮށް އިންޑިއާގެ ވެެރިކަން ކުރާ ބީޖޭޕީއިން ރައްޔިތުން މުޒާހަރާ އަށް ނިކުތުމަށް ގޮވާލައިފިއެވެ.

ބީޖޭޕީ އިން މިހެން ގޮވާލާފައިވަނީ ބަންގްލަދޭޝްގެ ހަމަ ނުޖެހުމާ ގުޅިގެން ކުރި މުޒާހަރާ ތަކުގެ ސަބަބުން އިންޑިއާގެ ޖަމޫ އެންޑް ކަޝްމީރުގެ ކިސްޓިވަރު ސަރަހައްދު ބަންދުކޮށްފައިވަނިކޮަށެވެ.

އިންޑިއާގެ ޖަމޫ އެންޑް ކަޝްމީރުގެ ކިސްޓިވަރު ގެ ސަރަހައްދު މުޒާހަރާތަކާއި ގުޅިގެން ބަންދުކޮށްފައިވާއިރު ބީޖޭޕީން ވަނީ އެސަރަހައްދުގައި މުޒާހަރާތައް ކުރިއަށް ގެންދިއުމަށް ތާއީދުކޮށް މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައެވެ.

އިންޑިއާގެ ޖަމޫ އެންޑް ކަޝްމީރުގެ ކިސްޓިވަރު ސަރަހައްދުގައި ކުރިއަށް ދާ މުޒާހަރާތަކުގައި ވަނީ ބަންގްލަދޭޝްއާއި ދެކޮޅު ސްލޯގަންވެސް ބޭނުން ކޮށްފައެވެ.

ބަންގްލަދޭޝްގެ ޒުވާން ސިޔާސީ ލީޑަރަކު މަރާލުމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނުރުހުން ބޮޑުވެ، މި ހަމަލާގެ ތުހުމަތު ހިންދޫންނަށް އަމާޒުވެ ވަނީ އިންޑިއާގެ ހިންދޫއެެއް ވަރަށް އަނިޔާވެރިކޮށް އެގައުމުގައި މަރާލާފައެވެ.

ބަންގްލަދޭޝްގައި މަރާލި ޒުވާން ލީޑަރު ޝާރިފް އޮމާން ހާދީ އިންތިޚާބުގައި ކުރިމަތިލައިފިނަމަ ބޮޑު ކާމިޔާބީއެއް ހޯދުވުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުން ދެކެއެވެ. އެހެންކަމުން، މި ލީޑަރު އަވަހާރަކޮށްލެވުނީ އެ ފުރުސަތު ހަނިކުރުމުގެ ބޭނުމުގައި ކަމަށް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ތުހުމަތުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު