ކިޑްނީގެ ނުރައްކާތެރި ބައްޔެއް ތަޙައްމަލުކުރަމުންދާ އަމިއްލަ ބައްޕަގެ ބޭސްފަރުވާއަށް ފައިސާ ހޯދުމަށްޓަކައި، އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު އޭނާގެ ތަޢުލީމު ދޫކޮށްލުމަށްފަހު މަގުމަތީގައި ތަކެތި ވިއްކަން ފަށައިފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކުގައި ތޮތްޕާއި އައިނު ވިއްކަން އުޅޭ އަލްވީގެ މި ހިތްދަތި ވާހަކަ ވަނީ މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.
ޑީބީސީ ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްވީގެ ބައްޕަ، ރަމްޒާން ޢަލީ އަންނަނީ 2018 ވަނަ އަހަރުން ފެށިގެން ކިޑްނީގެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ހަފްތާއަކު ދެ ފަހަރު ޑަޔަލިސިސް ހަދަން ޖެހޭއިރު، ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި އެ އާއިލާއިން ވަނީ ބޭސްފަރުވާއަށް 40 ލައްކައަށްވުރެ ގިނަ ޓާކާ (ބަންގްލަދޭޝް ފައިސާ) ޚަރަދުކޮށްފައެވެ. މި ބޮޑު ޚަރަދު ހަމަޖައްސާފައިވަނީ އާއިލާގެ އަމިއްލަ ބިން ވިއްކާލުމުގެ އިތުރުން އެކި ފަރާތްތަކުން ލޯނު ނަގައިގެންނެވެ.
މިހާރު ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އާއިލާގެ ހުރިހާ ޒިންމާއެއް އުފުލަމުން ދަނީ ކުޑަކުޑަ އަލްވީއެވެ. ޑާކާގެ ޝާމޮލީ ސަރަޙައްދުގައި އޭނާ މަސައްކަތްކުރަމުން ދާއިރު، އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މިހާރު ވަނީ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް (ކިޑްނީ ޓްރާންސްޕްލާންޓެއް) ކުރަން މަޖުބޫރުވެފައެވެ. މި އޮޕަރޭޝަނަށް ގާތްގަނޑަކަށް 15 ލައްކަ ޓާކާ ބޭނުންވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލްވީއަކީ މުސްތަޤުބަލުގައި އިސްލާމީ ޢިލްމުވެރިއަކަށް ވުމުގެ ފޮނި ހުވަފެންތަކެއް ދެކެމުން އައި ކުއްޖެކެވެ. ނަމަވެސް މިއަދު އޭނާ ވަނީ އާއިލާއަށްޓަކައި އަމިއްލަ ތަޢުލީމާއި ކުޑަކުދިންގެ އުފާވެރިކަން ޤުރުބާންކޮށްފައެވެ.
މި ނިކަމެތި އާއިލާގެ ޙާލަތު ފެނި، އެ ސަރަޙައްދުގެ އާންމު ރައްޔިތުން އަންނަނީ ސަރުކާރާއި ތަނަވަސްކަން ހުރި ފަރާތްތަކުން މި އާއިލާއަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު