ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ 4 އަހަރުގެ ޖަލު ޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަޢީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށައަޅާފައިވީ ނަމަވެސް އެ މައްސަލަ ބަލައިގަތުމާމެދު ހައިކޯޓުން ގޮތެއް ނިންމަވާފައެއް ނުވެއެވެ.
ފެނަކައިގެ ކުރީގެ އެމްޑީ ސަޢީދު ހަތަރު އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކުން އެއްވެސް މަސައްކަތެއް ނުކުރަނީސް ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި ފައިސާ ދޫކުރި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށް ސާބިތުވުމާއި ގުޅިގެންނެވެ.
ދައުލަތުން އެދައުވާ ސަޢީދުގެ މައްޗަށް އުފުލީ ފެނަކައިގެ މޫނުމަތި ރީތިކުރަން، ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމާއި އެއްގޮތަށް ފެނަކަ އިން އަމަލުކޮށްފައި ނުވާތީ ކަމަށް ބުނެ އޭނާގެ އެމްޑީ ކަމުގައި ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 848،000 ރުފިޔާ އެ ކުންފުންޏަށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.
މީގެ ކުރިން ސަޢީދުގެ ވަކީލް ނޫރުއްސަލާމް ވިދާޅުވީ ބްލޭޒަން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ނިންމެވީ ފެނަކައިގެ އޭރުގެ ޤާނޫނީ ވަކީލުންގެ ލަފާގެ މަތިން ކަމަށެވެ. އެ ވަކީލުން ލަފާދެއްވާފައިވަނީ ސެޓްލްމަންޓް އެގްރީމަންޓަކަށް ނުގޮސްފިނަމަ، ބްލޭޒަން އިން ކޯޓަށް ގޮސްފިނަމަ ފެނަކައިން ދޭންޖެހިދާނެ އަދަދު މާ ބޮޑުވެދާނެތީ ކަމަށް ވަކީލް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމައަށް ސަޢީދު ކުރެއްވި ކަމަށް ނޫރުއްސަލާމް ވިދާޅުވިއެވެ. މިފަދަ ހާލަތެއްގައި ޢަމަލުކުރަންވީ ގޮތެއް ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާތީ، ޤާނޫނީ ވަކީލުންގެ ލަފާ ހޯއްދެވުމަކީ އޭނާއަށް ކުރެއްވެން އޮތް ކަމެއް ކަމަށާއި، އެކަން ކުރެއްވުމަށްފަހު ސެޓްލްމަންޓް އެގްރީމަންޓަކަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލައަކީ ޙަޤީޤަތުގައި ސަޢީދުގެ ޖިނާއީ ނިޔަތެއް އޮތްކަން ހާމަވާ ކަހަލަ ހެކިތަކެއް ހުށަހެޅިފައި ހުރި މައްސަލައެއް ނޫންކަން ވަކީލް ފާހަގަ ކުރަށްވާފައިވެއެވެ.
ނޫރުއްސަލާމް ވަނީ މިމައްސަލައިގައި ދައުލަތުން އެދުނު ޖަލު އަދަބަށްވުރެ ބޮޑު އަދަބެއް ގާޒީ ކަނޑައަޅުއްވާފައިވާތީ އެކަން ވެސް ފާހަގަކުރަށްވާފައެެވެ.
މި މައްސަލާގައި ދައުލަތުން ސައީދާއި ފެނަކައިގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ދީނާ ސާލިހުގެ މައްޗަށް ދަޢުވާ ކުރިނަމަވެސް ދީނާގެ ޝަރީޢަތް ކޯޓުގައި ކުރިއަށް ނުގޮސް ވަނީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު