އެމް.ޑީ.ޕީގެ ވެރިކަމުގައި ސުނާމީގައި ހާލުގައި ޖެހުނު އެންމެ ފަހު އާއިލާތަކަށް ބޯހިޔާވަހިކަން ލިބުނުކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، އޭގެއިތުރުން އެމްޑީޕީގެ ރައީސްކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ 2004 ވަނަ އަހަރު ކުރިމަތިވި އިންޑިއާ ކަނޑުގެ ސުނާމީ ކާރިސާއަކީ ރާއްޖޭގެ ގިނަ ބައެއްގެ ފުރާނަ ގެއްލި، މުދަލާއި އާމްދަނީ ލިބޭ ވަސީލަތްތަކަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބުނު ހިތާމަވެރި ހާދިސާއެއް ކަމަށެވެ.
"މި ކާރިސާއިން އަރައިގަތުމަށް ކުރެވުނު މަސައްކަތަކީ އެންމެންގެ ބައިވެރިވުން ހިމެނޭ މަސައްކަތަކަށް ވީ ނަމަވެސް، އަލުން އާރާސްތުކުރުމުގެ މަރުހަލާގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި. ހާއްސަކޮށް އެ ދުވަސްވަރު އޮތް ހުދުމުހުތާރު ވެރިކަމުގެ ސަބަބުން މި މަސައްކަތްތަކަށް ހުރަސް އެޅުނު." ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، 'ސޭފް އައިލެންޑް' (ރައްކާތެރި ރަށްތައް) ކޮންސެޕްޓްގެ ދަށުން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ރައްޔިތުންގެ އެކަށީގެންވާ މަޝްވަރާއެއް ނެތި، ވަކި ބަޔަކަށް މަންފާވާ ގޮތަށް ކަމަށްވުމުން، އެކަމުގެ ސަބަބުން އިހުތިޖާޖުތަކާއި ހަމަނުޖެހުންތައް އުފެދުނު ކަމަށެވެ.
"އެމް.ޑީ.ޕީ އިން އިސްވެ އޮވެ ހިންގި ޑިމޮކްރެޓިކް އިސްލާހީ ހަރަކާތުގެ ސަބަބުން ރައްޔިތުން ބާރުވެރިވެ، ސުނާމީގެ އަސަރުކުރި އާއިލާތަކުގެ ތެރެއިން އެންމެ ފަހު އާއިލާތައް، ކާރިސާއަށް ފަސް އަހަރު ފަހުން 2009 ވަނަ އަހަރު އާ ބޯހިޔާވަހިކަމަށް ބަދަލުކުރެވުނު." ރައީސް ނަޝީދު ވިދާޅުވިއެވެ.
އޭގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ މިއީ ތަދު އިހުސާސްތަކެއް ކުރެވުނު ބާބެއް ނަމަވެސް، މީގެން ހާމަވެގެންދިޔައީ އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއްގެ މުހިންމުކަމާއި، މުޖުތަމައު އެއްބައިވެ ކަންކަން އާރާސްތު ކުރުމަށް މަސައްކަތްކުރުމުގެ ބޭނުންތެރިކަން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ދިވެހީންގެ މި ޖީލު ދުށް ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް ވަނީ 21 އަހަރު ފުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު