އާސަންދަ ނުލިބޭ ވާހަކައާއި ބޭސް ނުލިބޭ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ފުރިފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު ގޯސްވެފައިވާ މިންވަރަކީ އެންމެ އަސާސީ ބޭސް ހޯދަން ވެސް ރައްޔިތުންގެ މަޖިލިސް މެންބަރުން ކައިރިއަށް ދާން ޖެހުން ކަމަށެވެ.
"އާސަންދަ ނުލިބޭ ވާހަކައާއި ބޭސް ނުލިބޭ ވާހަކަތަކުން މުޅި ސޯޝަލް މީޑިއާ ވަނީ ފުރިފައި, އެންމެ އަސާސީ ބޭސް ހޯދަން ވެސް އެކި މީހުންގެ ގާތަށް ދާން ޖެހިފައިވާ ވާހަކަ ވެސް މީހުން ދައްކަނީ މަދުން ނޫން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ އެއްވެސް ކަމެއް ހައްލު ކުރެވޭ ތަނެއް ނުފެންނަ ކަމަށެވެ.
"ބޮޑެތި ބަލިތަކަށް ބޭސް ކުރާ މީހުން އާދޭސް ކުރަން ޖެހޭ ވާހަކަ ހަމަ ނުދައްކައެއް މީހުން ނުތިބޭ. ވަރަށް ގިނަ ފަހަރަށް ހަމަ ކޮންމެ މީހަކު ވެސް ހަމަ މެންބަރު ކައިރިއަށް ގޮސް، އެހެން މީހެއް ކާރިއަށް ގޮސްގެން." މާރިޔާ ވިދާޅުވިއެވެ.
އޭގެއިތުރުން މާރިޔާ ވިދާޅުވީ ފޭސްބުކް ބަލާލިއަސް އެކި ފަންޑުތައް ހަދައިގެން "މީނައަށް އެހީ ވާށޭ، އޭނަ އަށް އެހީ ވާށޭ" ގޮވާ މަންޒަރު ފެންނަ ކަމަށެވެ.
"އާސަންދަ ލިބޭނަމަ އަޅުގަނޑަށް ޔަގީން އަބަދު އަބަދު އެހެން ކިޔަމުން ނުދާނެ ކަން." މާރިޔާ ވިދާޅުވިއެވެ.
މާރިޔާ މިހެން ވިދާޅުވެފައިވާއިރު، ރައީސް މުޢިއްޒު ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލުކުރުން ތަކުގައި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކުރިން އާސަންދައިން ހިލޭ ލިބުނުބޭސް ގަންނަންވެސް ރާއްޖޭން މިހާރު ނުލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު