ހުކުރު ދުވަހުގެ ރޭ ބަންގްލަދޭޝްގެ ވެރިރަށް ކަމަށްވާ ޑާކާގެ ހަސްނައާބާދު ސަރަހައްދުގައި ހުންނަ މަދަރުސާއެއްގައި ބާރުގަދަ ގޮވުމެއް ގޮވައި، ކުޑަކުއްޖަކާއެކު ހަތަރު މީހުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާ ހިނގި ތަނުން ބޮން ހަދަން ބޭނުންކުރާ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
މި ގޮވުމުގެ ސަބަބުން "އުންމުލް ގުރާ އިންޓަނޭޝަނަލް މަދަރުސާ" ގެ ދެ ކޮޓަރިއެއްގެ ފާރުތައް ވަނީ ވެއްޓިފައެވެ.
އެ މަދަރުސާގައި ގާތްގަނޑަކަށް 50 ދަރިވަރުން ކިޔަވަމުންދާއިރު، ހުކުރު ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މި ހާދިސާ ހިނގި ވަގުތަކީ ހަފުތާ ބަންދު ދުވަސްކަމުން އެއްވެސް ކުއްޖަކު އެތަނުގައި ނެތް ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.ފުލުހުން ބުނި ގޮތުގައި އެތަނުން "ކޮކްޓެއިލް ބޮމާއި"، ކެމިކަލް އަދި ބޮން ހަދަން ބޭނުންކުރާ އެހެނިހެން ސާމާނު ފެނިފައިވެއެވެ.
ބަންގްލަދޭޝްގެ މަޝްހޫރު ސިޔާސީ ލީޑަރު ޝާރިފް އުސްމާން ހާދީގެ މަރާއި ގުޅިގެން މުޅި ބަންގްލަދޭޝްގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. އާއިލާއިން ތުހުމަތުކުރާ ގޮތުގައި ހާދީގެ މަރަކީ ބަޔަކު ރާވައިގެން ހިންގި ޖަރީމާއެކެވެ. ކުރިޔަށް އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ދިން ސިޔާސީ ހަމަލާއެއް ކަމަށް އާއިލާއިން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު