ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ، ރިޔާސީ ދައުރު ދަންމާލައި ވޯޓު އޮޅުވާލުމަށް ރާވަމުންދާ ހީލަތްތެރި ރޭވުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ތުހުމަތު ކުރައްވައިފިއެވެ.
މެންބަރު މައުރޫފް މިގޮތަށް ތުހުމަތު ކުރަށްވާފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި ރައީސް ޑރ. މުއިއްޒު ސިއްރު ބައްދަލުވުމެއް ބޭއްވެވި ކަމަށް ބުނާ ޚަބަރެއް މީސްމީޑިއާގައި ފެތުރެމުން ދިއުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން މެންބަރު މައުރޫފް ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބަކީ ރައްޔިތުންގެ ވޯޓު ގަނެ، ދޮގު ވައުދުތަކާއި ވަޒީފާގެ ބޭނުންކޮށްގެން އޮޅުވާލުންތަކެއް ހިންގާނެ އިންތިހާބެއް ކަމަށެވެ. އަދި މަޝްރޫއުތައް ހިނގާކަން ދެއްކުމަށް ހުވަފެންތަކެއް ދައްކައިގެން އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނެތީ، އެކަމަށް ރައްޔިތުން ސަމާލުވުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
އޭގެ އިތުރުން، އިންތިހާބުތައް އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް މުއިއްޒު ނިންމަވާފައިވަނީ، ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތަކާއި ދެފުށް ފެންނަ ވޯޓުލުމުގެ ނިޒާމު ބަދަލުކޮށް، މަކަރު ހަދައިގެން ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަގު ފަހިކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ.
ނަމަވެސް އީސީގެ ރައީސް ޒާހިދު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޢިއްޒާއި ބައްދަލު ކުރެއްވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރު ކުރުމަށް އީސީން ރާވާފައިވާ ކަންކަން ރައީސް ޑރ. މުއިއްޒުއާ ހިއްސާކޮށް، އެކަމަށް ބޭނުންވާ ރިސޯސަސް ހޯދުމަށް ކަމަށެވެ.

އިންތިހާބުތަށް އެއްކޮށް ރިޔާސީ ދައުރު ދަންމާލާ ވޯޓު އޮޅުވާލުމުގެ ހީލަތްތެރި ރޭވުންތަކާއި މަސައްކަތްދަނީ ކުރަމުން! ކުރިޔަށް އޮތް ކައުންސިލް އިންތިހާބަކީ ރައްޔިތުން ގެ ވޯޓް ބޮޑުއަގުގައި ގަނެ ދޮގުވައުދާ ވަޒީފާތަށް ބޭކާރު ގޮތުގައި ބަހާލާ، ޕުރޮޖެކްޓްތަށް ކުރިޔަށްދާ ކަމަކަށްދައްކާ… https://t.co/gk5dYY5MGz
— Mauroof-TEAM (@MateyZakir) December 27, 2025
އޭގެ އިތުރުން، އިންތިހާބުތައް އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައީސް މުއިއްޒު ނިންމަވާފައިވަނީ، ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތަކާއި ދެފުށް ފެންނަ ވޯޓުލުމުގެ ނިޒާމު ބަދަލުކޮށް، މަކަރު ހަދައިގެން ދެވަނަ ދައުރެއް ކަށަވަރުކުރުމުގެ މަގު ފަހިކުރުމަށް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ.
ނަމަވެސް އީސީގެ ރައީސް ޒާހިދު ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޢިއްޒާއި ބައްދަލު ކުރެއްވީ ރައްޔިތުން ވޯޓުގެ ކަންކަމާއި ޑިމޮކްރެޓިކް ވެށްޓަށް ހޭލުންތެރިކަން އިތުރު ކުރުމަށް އީސީން ރާވާފައިވާ ކަންކަން ރައީސް ޑރ. މުއިއްޒުއާ ހިއްސާކޮށް، އެކަމަށް ބޭނުންވާ ރިސޯސަސް ހޯދުމަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު