ޔޫކޭގެ ޖަލެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އުމުރުން 29 އަހަރުގެ ފަލަސްތީނުގެ ޒުވާނެއް ކަމަށް ވާ ތިއުޓާ ހޮޖާ، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާތާ 13 މަސްވެފައިވާއިރު، އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
ސްކައި ނިއުސްއަށް މައުލޫމާތު ދެމުން ތިއުޓާގެ ކޮއްކޮ ރަހްމާ ބުނި ގޮތުގައި، ތިއުޓާ އަންނަނީ މެދުނުކެނޑި ބޮލުގައި ރިއްސުމާއި، ހިނގާބިނގާވެ އުޅުމުގެ ދަތިކަން ތަހައްމަލު ކުރަމުންނެވެ. އަދި މިހާރު އޭނާއަށް ނަމާދަށް ކޮޅަށް ހުރުމަށްވެސް އުނދަގޫވާ ކަމަށް ރަހްމާ ކިޔައިދިނެވެ. އާއިލާއިން ބިރުގަންނަނީ އޭނާގެ ފުރާނައަށް ނުރައްކާވެދާނެތީއެވެ. ތިއުޓާ ވަނީ އޭނާ ހޭނެތިއްޖެ ނަމަ ނުވަތަ މަރުވެއްޖެ ނަމަ ކަންތައް ކުރަންވީ ގޮތުގެ އިރުޝާދުވެސް ޑޮކްޓަރުންނަށް ދީފައެވެ.
"އޭނާގެ އުމުރުން އަދި 30 އަހަރުވެސް ނުވޭ. މިފަދަ ކަންކަމާ އެއްވެސް މީހަކު ވިސްނަން ޖެހިގެން ނުވާނެ،" ރަހްމާ ބުންޏެވެ. ތިއުޓާގެ ޝަރީއަތް އަންނަ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ތާވަލުކޮށްފައި ނުވާއިރު، ކޯޓުން އަންނަނީ ތަކުރާރުކޮށް އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ދެކޮޅު ހަދަމުންނެވެ.
އުމުރުން 17 އަހަރުގެ ރަހްމާ ބުނި ގޮތުގައި، ތިއުޓާ ބަލިހާލުގައި ހުރި ނަމަވެސް ކޮންމެ ދުވަހަކު ޖަލުން ގުޅައިގެން އޭނާގެ ފިލާވަޅުތައް ހެދުމުގައި އެހީތެރިވެދެއެވެ. "އޭނާއަކީ އަހަރެންގެ މަންމައެއް ފަދަ މީހެއް. އަހަރެމެންގެ މަންމަ މަރުވީ އަހަރެން ވަރަށް ކުޑައިރު. ތިއުޓާ ވަނީ އަހަރެންނާއި އަހަރެންގެ އާއިލާގެ އެހެން ކުދިން ވަރަށް ލޯބިން ބަލާބޮޑުކޮށްފައި،" ރަހްމާ ފާހަގަކުރިއެވެ.
ތިއުޓާ އަކީ 'ޕަލެސްޓައިން އެކްޝަން' އަށް ނިސްބަތްވާ، ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުންދާ އަށް ގައިދީންގެ ތެރެއިން އެކެކެވެ. މި އެންމެންނަކީވެސް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ކާރުޚާނާތަކަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ. ނަމަވެސް އެ މީހުން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ.
ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރާ މީހުންގެ ޑިމާންޑްތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުރި އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ކާރުޚާނާތައް ހުއްޓާލުމާއި، ޕަލެސްޓައިން އެކްޝަނަކީ މަނާ ޖަމާއަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި، ޖަލުގައި ގައިދީންނަށް ކުރާ އިހާނެތި އަމަލުތައް ހުއްޓާލައި ވަގުތުން ކަފާލާތުގެ ދަށުން ދޫކޮށްލުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު