ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
މި ފެށުނު 2026 ވަނަ މީލާދީ އައު އަހަރުގެ މުނާސަބަތުގައި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ދިވެހި އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ފެށުނު އާ އަހަރަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ސަރުކާރުން ކުރާ ކަންކަން ބާރުވެރިކުރުވުމަށްޓަކައި، އައު ހިތްވަރަކާއެކު ރައްޔިތުން ނުކުންނަންޖެހޭ އަހަރެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ހަމައެއާއެކު، އިސްލާމްދީނާއި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވުމަށް ތައްޔާރަށް ތިބުމަށްވެސް ރައްޔިތުންނަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން، 2023 ވަނަ އަހަރު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި، ދިވެހިންނަކީ ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުގެ ތެރެއިން މަގުފަހިކޮށްދިނުމަށް ދައުލަތުގެ އިސްވެރިންނަށް ރައީސް ޔާމީން ގޮވާލެއްވިއެވެ.

ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ވޭތުވެދިޔަ 2025 ވަނަ އަހަރަށްވުރެ 2026 ވަނަ އަހަރަކީ ދިވެހި އެންމެހާ ރައްޔިތުންނަށް ތިޔާގި، އަމާން އަދި ރައްކާތެރި އަހަރެއްގެ ގޮތުގައި މިންވަރުކޮށްދެއްވުމަށް އެދި ދެކަނބަލުންގެ ފަރާތްޕުޅުން ވަނީ ދުއާ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު