ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ޙައްޤުވެރިންގެ ދާއިމީ ލިސްޓު ގެޒެޓްކޮށްފައި ވަނިކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކާއެކު އެ މަސައްކަތް ހުއްޓިފައިވާ މި ދަނޑިވަޅުގައި، އައު އުޞޫލެއްގެ ދަށުން އަލުން ކުރިމަތިލާން ހުޅުވާލުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މިއީ ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި ކަމެއް ކަމެކެވެ.
"މިއީ ތުޅާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ޙައްޤަށް ހުރަސްއަޅައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ހިންގާ ޣައިރު ޤާނޫނީ ސިޔާސީ ޢަމަލެއް. އަދި ސަރުކާރުން ހިންގާ މި ސިޔާސީ ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ޝާހިދު ވިދާޅުވިއެވެ.
ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު، އުސޫލަށް ގެނައި ބަދަލުތަކާއެކު އަންނަ ޖެނުއަރީ 11 ގައި ހުޅުވާލުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ނިންމާފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު މި ޔުނިޓްތަކަށް ހުޅުވާލުމުން އާންމުންގެ ޝަކުވާ ބޮޑުވެ، ކޯޓުން އެ މަސައްކަތް މުރާޖައާކުރަން އެންގި ނަމަވެސް، ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިހާރު ވަނީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އައު ނިންމުންތަކެއް ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ތުޅާދޫ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ތުހުމަތުކުރެއްވި ގޮތުގައި، މިނިސްޓްރީން މަސައްކަތް ކުރަނީ ކައުންސިލްގެ ދައުރެއް ނެތް ގޮތަށް، ހުދުމުހުތާރުކޮށް މި ޔުނިޓްތައް ބަހާލުމަށެވެ. އަދި އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، މި މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާތްގަނޑަކަށް 87 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ތުޅާދޫގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. ޕްރިސިޝަން އިންޖިނިއަރިންގ އާ ހަވާލުކޮށްގެން ނިންމާފައިވާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ނިމިފައިވީ ނަމަވެސް، މި ސަރުކާރުން އަދިވެސް އެތަނުގެ ރަސްމީ ލިޔެކިޔުންތައް ކައުންސިލާ ހަވާލުނުކުރާކަން ފާހަގަކުރެވެއެވެ. ކޮންމެ ޔުނިޓެއްގައި 1600 އަކަފޫޓު ހިމެނޭ މި މަޝްރޫއަކީ ތުޅާދޫގެ 3000 އަށްވުރެ ބޮޑު އާބާދީއަށް އަމާޒުކޮށްގެން ހިންގާފައިވާ މުހިންމު މަޝްރޫއެކެވެ.

ބ. ތުޅާދޫގައި ނިމިދިޔަ އެމް ޑީ ޕީ ސަރުކާރުން ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓުގެ ޙައްޤުވެރިންގެ ދާއިމީ ލިސްޓު ގެޒެޓްކޮށްފައި ވަނިކޮށް، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން އެ މަސައްކަތް ހުއްޓުވުމަށް އަމުރުކޮށްފައިވާ މި ދަނޑިވަޅުގައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް…
— Abdulla Shahid (@abdulla_shahid) January 1, 2026
ބ. ތުޅާދޫގައި ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު، އުސޫލަށް ގެނައި ބަދަލުތަކާއެކު އަންނަ ޖެނުއަރީ 11 ގައި ހުޅުވާލުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ނިންމާފައެވެ. މިނިސްޓްރީން ހާމަކުރި ގޮތުގައި، 2022 ވަނަ އަހަރު މި ޔުނިޓްތަކަށް ހުޅުވާލުމުން އާންމުންގެ ޝަކުވާ ބޮޑުވެ، ކޯޓުން އެ މަސައްކަތް މުރާޖައާކުރަން އެންގި ނަމަވެސް، ކައުންސިލްގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން މިހާރު ވަނީ އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އައު ނިންމުންތަކެއް ނިންމާފައެވެ.
މި ނިންމުމާ ގުޅިގެން ތުޅާދޫ ކައުންސިލުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަލިމަނިކު ތުހުމަތުކުރެއްވި ގޮތުގައި، މިނިސްޓްރީން މަސައްކަތް ކުރަނީ ކައުންސިލްގެ ދައުރެއް ނެތް ގޮތަށް، ހުދުމުހުތާރުކޮށް މި ޔުނިޓްތައް ބަހާލުމަށެވެ. އަދި އައު އުސޫލުގެ ސަބަބުން ގިނަ ބައެއްގެ ހައްގުތައް ގެއްލި، މި މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގާތްގަނޑަކަށް 87 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ ތުޅާދޫގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. ޕްރިސިޝަން އިންޖިނިއަރިންގ އާ ހަވާލުކޮށްގެން ނިންމާފައިވާ މި ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް 2023 ވަނަ އަހަރުގެ އޮގަސްޓް މަހު ނިމިފައިވީ ނަމަވެސް، މި ސަރުކާރުން އަދިވެސް އެތަނުގެ ރަސްމީ ލިޔެކިޔުންތައް ކައުންސިލާ ހަވާލުނުކުރާކަން ފާހަގަކުރެވެއެވެ. ކޮންމެ ޔުނިޓެއްގައި 1600 އަކަފޫޓު ހިމެނޭ މި މަޝްރޫއަކީ ތުޅާދޫގެ 3000 އަށްވުރެ ބޮޑު އާބާދީއަށް އަމާޒުކޮށްގެން ހިންގާފައިވާ މުހިންމު މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު