އިރާނުގެ އެކި ސިޓީތަކުގައި ކުރިއަށްދާ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި އާންމުންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި ހަ މީހަކު މަރުވެއްޖެ ކަމަށް ރިޕޯޓްކޮށްފިއެވެ.
މިއީ ތަކެތީގެ އަގުބޮޑުވުމާ ދެކޮޅަށް ފެށި މި މުޒާހަރާތަކުގައި މީހުން މަރުވި ފުރަތަމަ ފަހަރެވެ. މިދިޔަ އާދީއްތަ ދުވަހު ތެހެރާނުގެ ފިހާރަތައް ބަންދުކޮށް، އިގްތިސާދީ ދަތިތަކާ ދެކޮޅަށް ފެށި މި ހަރަކާތްތައް މިހާރު ވަނީ ގައުމުގެ އެކި ހިސާބުތަކަށް ފެތުރިފައެވެ.
އިރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކުރި ގޮތުގައި، ލޯރްޑެގާން ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެފައިވާއިރު، އަޒްނާ ސިޓީގައި ތިން މީހަކު ވަނީ މަރުވެފައެވެ.
ލޯރްޑެގާންގައި މުޒާހަރާގެ ބައިވެރިން ސަރުކާރުގެ އިމާރާތްތަކަށާއި، މިސްކިތްތަކަށާއި، ބޭންކުތަކަށް އަމާޒުކޮށް އުކި ހިލައިގެ ސަބަބުން އެ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށް ބައެއް މީހުން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ކޫހްދާޝްތު ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ބަސީޖް ފޯސްގެ މެންބަރަކު ވެސް ވަނީ މަރުވެފައެވެ.
މި މުޒާހަރާތައް އުފެދިފައިވަނީ އިރާނުގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވުމާ ގުޅިގެންނެވެ. ފާއިތުވި އަހަރުގެ ތެރޭގައި އެގައުމުގެ ފައިސާގެ އަގު ތިންބައިކުޅަ އެއްބަޔަށް ވެއްޓިފައިވާއިރު، ތަކެތީގެ އަގު އުފުލުމުގެ ރޭޓް ވަނީ 52 އިންސައްތައަށް އަރާފައެވެ. މީގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ، ގިނަ ބަޔަކު ދަނީ މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު