މާލޭ ސިޓީ ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ވަޖީހު ނަސީރު، އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައި، އޭނާއަށް ބަދަލުގެ ގޮތުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މާލޭ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު، އަހްމަދު ނަރީޝް ހުށަހެޅުއްވި ހުށަހެޅުމަކާ ގުޅިގެން، 15 އޮގަސްޓް 2024 ގައި ވަޖީހު ނަސީރު މަގާމުން ވަކިކުރުމާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނާއިބު ރައީސް ފާތިމަތު މަހީރާ މުހައްމަދު ބެއްލެވި މި މައްސަލައިގެ ހުކުމުގައި ވަނީ، ނަސީރުގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުގެ ކުރިން އޭނާ ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އޭނާ އާ ވަޒީފާއަކަށް ދިޔަ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 239,026 (ދެލައްކަ ތިރީސް ނުވަހާސް ސައްބީސް) ރުފިޔާ ދިނުމަށެވެ. މި ފައިސާ، ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ވަޖީހު ނަސީރަށް ދައްކައި ހަލާސްކުރުމަށް ޓްރައިބިއުނަލުން ވަނީ އަމުރުކޮށްފައެވެ.
ޓްރައިބިއުނަލްގައި އަހަރެއްހާ ދުވަހަށް ދިގު ދެމިގެން ދިޔަ މި ޝަރީއަތަށްފަހު، ނިންމި ނިންމުމުގައި ވަނީ، ވަޖީހު ނަސީރު މަގާމުން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މުވައްޒަފަކު ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ މައުލޫއީ އަދުލުވެރިކަން ގާއިމް ނުކޮށް ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހެޅި މި މައްސަލައިގައި ޓްރައިބިއުނަލުން ފާހަގަކޮށްފައިވަނީ، ނަރީޝް ހުށަހެޅުއްވި ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ނަސީރަށް ދީފައިނުވާ ކަމަށެވެ.
މި މައްސަލައިގެ ތެރޭގައި، ސިޓީ ކައުންސިލުން އެކިއެކި ފަރާތްތަކަށް ނުދައްކައި އޮތް 240 މިލިއަނަށްވުރެ ގިނަ ރުފިޔާ، އުސޫލުތަކުގެ ބޭރުން ދެއްކުމަށް ނަސީރު ދެކޮޅު ހެދި މައްސަލަވެސް ފާހަގަކުރެވިފައިވެއެވެ.
ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ބޮޑު މެޖޯރިޓީއެއް އޮންނަ ސިޓީ ކައުންސިލުން ނަސީރު ވަކިކުރަން ފާސްކުރީ، އެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެ މެންބަރަކު ފިޔަވައި ހުރިހާ މެންބަރުންގެ ތާއީދާއެކުއެވެ. ނަސީރު މަގާމުން ވަކިކުރަން ވޯޓު ނުދެއްވީ އޭރު ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސައިފް ފާތިހް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާއެވެ.

ކިޔުންތެރިންގެ ހިޔާލު