ޕީއެންއެފްގެ ފަރާތުން ބޭއްވި ޓައުން ހޯލު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ރައީސް ޔާމީން ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ ވައްކަން ކުރުމަށް ނުހަނު ބޮޑު ޝައުގުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އަދި ދައުލަތުގެ އެކި މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ، ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިކޮށްދޭނެ، އެކަންކަމަށް ފަރިތަ މީހުން ބަލައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ދުނިޔަވީ އުފަލާއި ލައްޒަތް ހޯއްދެވުމަށްޓަކައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެ، ކޮރަޕްޝަންގެ އަމަލުތައް ހާމަކަން ބޮޑު ގޮތެއްގައި ހިންގަވަމުންދާ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނަވާ ބޭފުޅަކު ދީނާ ޚިލާފު ކަންކަން ކުރައްވައި، އިތުރުފުޅު ހައްދަވަމުން ގެންދާއިރު، ރާއްޖޭގެ ދީނީ އިލްމުވެރިން އެކަންކަމާ މެދު ހަނު ތިއްބަވާތީ އެކަމުގެ ކަންބޮޑުވުން ވެސް ރައީސް ޔާމީން ފާޅުކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވެރިޔަކު ކުރާ ގޯސް ކަންކަމާ މެދު ބަސްނުބުނެ، ދީނީ އެހެން ކަންކަމުގައި ފަތުވާ ނެރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު