ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވި ކަމަށް ނުވަތަ އިހުމާލެއްވީ ކަމެއް ފީފާއިން ކަނޑައަޅާފައިނެތް ކަމަށް ބައްސާމްގެ ވަކީލް މިއަދު ކޯޓުގައި ވިދާޅުވެއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ، އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން، ބައްސާމްގެ އަމިއްލަ ބޭނުމަށް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ޚުލާސާބަޔާން އިއްވުމުގެ އަޑުއެހުމެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި ބައްސާމްގެ ވަކީލް ވިދާޅުވީ، ފީފާގެ ފައިސާއަށް ބައްސާމް ހިޔާނާތްތެރިވި ކަމަށް ދައުލަތުން ބުނާއިރު، އެ ފައިސާ ފޮނުވި ފީފާއިން އޭނާ ހިޔާނާތްތެރިވި ކަމަށް ނުވަތަ އިހުމާލުވި ކަމަށްވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.
އަދި ފީފާއިން ހަދާފައިވާ އެއްވެސް އޮޑިޓަކުން ފައިސާ މަދުވެފައިވާކަން އެނގެން ނެތްއިރު، ފީފާގެ ބަހެއް ނެތި ފުލުހުން މިކަމުގައި ސުވާލުކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވަކީލް ފާހަގަކުރެއްވިއެވެ.
ޚުލާސާ ބަޔާން އިއްވުމަށްފަހު ބައްސާމަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި ތިއްބެވި ފަރާތްތަކަށް ހަނދާންކޮށްދިނުމުގެ ގޮތުން ކަމަށް ބުނެ ސޫރަތުލް ޞާދުގެ 26 ވަނަ އާޔަތާއި ސޫރަތުލް ފާތިރްގެ 19 ވަނަ އާޔަތް ފާހަގަކޮށްފައެވެ.
އެގޮތުން ޞާދު ސޫރަތުގެ 26 ވަނަ އާޔަތުގެ މާނައިގައިވަނީ، މީސްތަކުންގެ މެދުގައި ހައްގު ގޮތުގައި ހުކުމް ކުރުމަށާއި، އަމިއްލަ އެދުމަށް ތަބާނުވުމަށް އަންގަވައި، ﷲ ގެ މަގުން އެއްކިބާވާ މީހުންނަށް ގަދަވެގެންވާ އަޒާބު ހުރިކަމުގެ އިންޒާރެވެ. އަދި ފާތިރް ސޫރަތުގެ 19 ވަނަ އާޔަތުގައިވަނީ ކަނު މީހާއާއި ލޮލަށް ފެންނަ މީހާ ހަމަހަމަވެގެން ނުވާނޭ ކަމަށެވެ.
މި މައްސަލާގައި ދައުލަތުން ތުހުމަތުކުރާ ގޮތުގައި، ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުގައި ލިބުނު ފައިސާ ބައްސާމް ބޭނުންކޮށްފައިވަނީ އަމިން އެވެނިއުގެ ދެ ޕެންޓްހައުސް ގަތުމަށެވެ. ނަމަވެސް ބައްސާމް ވަނީ އެއީ އޭނާގެ ތަންތަން ނޫން ކަމަށާއި، އޭނާގެ ނަމުގައި އެއްވެސް ރިއަލް އެސްޓޭޓް މުދަލެއް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގައި ބައްސާމްގެ އިތުރުން ހަސަން ވަހީދާއި، އަމީން ކޮންސްޓްރަކްޝަން އަދި އެފްއޭއެމްގެ ފިނޭންސްގެ ކުރީގެ ހެޑް މުހައްމަދު އަގީލްގެ މައްޗަށްވެސް މަނީ ލޯންޑަރިންނަށް އެހީތެރިވިކަމުގެ ދައުވާ އުފުލާފައިވެއެވެ.
ބައްސާމް ދިރިއުޅުނު އެޕާޓްމެންޓަކީ އެފްއޭއެމްގެ ފައިސާއިން ގަނެފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެތަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އެތަން ގަތުމުގެ އެއްބަސްވުމުގައި ބައްސާމް ސޮއިކޮށްފައިވީ ނަމަވެސް، އޭނާ ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު