ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން، ބައްސާމްގެ އަމިއްލަ ބޭނުމަށް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީ ލޯންޑްރިންގެ ދަޢުވާގެ ޙުކުމް އިއްވަމުން މައްސަލަ ބެއްލެވި ޤާޟީ މުހައްމަދު މިސްބާހް ވިދާޅުވީ، ބައްސާމްގެ މައްޗަށް ހިޔާނާތްތެރިވުމުގެ ދައުވާ އާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށެވެ.
އެގޮތުން ޤާޟީ ފާހަގަ ކުރެއްވި ނުކުތާތަކުގެ ތެރޭގައި، އަމިިން ކޮންސްޓްރަކްޝަނަށް ލިބުނު 1 މިލިއަން ޑޮލަރުގެ ބަދަލުގައި އެފްއޭއެމަށް ދިވެހި ރުފިޔާ (15.4 މިލިއަން ރުފިޔާ) ގެ ނަގުދު ފައިސާ ލިބުނު ކަމަށް ވައުޗާތަކެއް ހުރި ނަމަވެސް އެ ވައުޗާތަކުގެ ސައްޙަކަން ކަށަވަރު ނުކުރެވުމާއި، އެފްއޭއެމަށް ލިބުނު ދިވެހި ރުފިޔާގެ ފައިސާ އެފްއޭއެމްގެ އެކައުންޓްތަކަށް ނުވައްދާކަން އެނގެން އޮތުމާއި، މިފައިސާ އެފްއޭއެމަށް ވަތްކަން ޔަގީން ނުކޮށް، 61 ދުވަހުގެ ތެރޭގައި 6 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ބައްސާމްގެ ނަމުގައި އެޕާޓްމަންޓެއް ގަތުމަކީ ބުއްދީގެ ހަމަތަކުން ބަލާއިރު ހަމަޖެހޭ ކަމެއް ނޫންކަން ހިމެނެއެވެ.
އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމްއިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ޤާޟީ ނިންމެވިއެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާ ކަންވެސް ސާބިތުވާ ކަމަށް ޤާޟީ ކަނޑައެޅުއްވިއެވެ.
ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާއިރު، މިއަދު ސާބިތުވި ދަޢުވާތަކަށް އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް އެހެން ދުވަހަކަށް ވަނީ ތާވަލުކޮށްފައެވެ.
އަދި މި މައްސަލާގައި ދެން ދައުވާކުރާ ހަސަން ވަހީދުގެ ވަކީލަކު ނެތުމުން، ވަކީލަކާއެކު ހުލާސާ ބަޔާން އިއްވުން އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށް، ދެން ދައުވާ އުފުލާފައިވާ، އަގީލާއި އަމިން ކޮންސްޓްރަކްޝަންގެ ބައި ވެސް އެ ދުވަހު ކުރިއަށްގެންދާ ގޮތަށް ޤާޟީ މިއަދު ވަނީ ނިންމަވާފައެވެ.
ބައްސާމް ދިރިއުޅުނު އެޕާޓްމެންޓަކީ އެފްއޭއެމްގެ ފައިސާއިން ގަނެފައިވާ ތަނެއް ކަމަށް ތުހުމަތުކޮށް، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެތަން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ. އެތަން ގަތުމުގެ އެއްބަސްވުމުގައި ބައްސާމް ސޮއިކޮށްފައިވީ ނަމަވެސް، އޭނާ ވަނީ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު