ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން ޢާއްމު ކޮށްފައިވާއިރު، މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ތާވަލު ކޮށްފައިވެއެވެ.
ޤާނޫނު އަސާސީއަށް ފަލާޙް ހުށައަޅުއްވާފައިވާ އިސްލާހުގެ ބޭނުމެއްގެ ގޮތުގައި އޮތީ، މަޖިލީހުގެ މެންބަރުން ހޮވުމަށާއި ރައީސުލްޖުމްހޫރިއްޔާ ހޮވުމަށް ބާއްވަން ޖެހޭ އިންތިހާބު ބާއްވަން ވާނީ، ދެ އިންތިހާބު އެކީގައި ކަމަށް ކަނޑައެޅުމަށާއި، މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާހު ކުރުމެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށާއި، މި މުއްދަތު ހަމަވުމުން މަޖިލީސް އުވުނީ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލީސް އުވުމާއެކު، އަލަށް އިންތިހާބު ކުރާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަންވާނީ ޑިސެމްބަރު އެއް ވަނަ ދުވަސް ކަމަށް ކަނޑައަޅަންވެސް އިސްލާހުގައި ވެއެވެ.
ހަމައެއާއެކު މާދަމާގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް އިސްލާޙު ގެނައުމަށް ހުށައަޅުއްވާ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ.
އޭގެ އިތުރުން ސަރުކާރުގެ ފަރާތުން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ހުށައަޅުއްވާ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ތާވަލު ކޮށްފައިވެއެވެ.
ހަމައެހެންމެ ރީ-އެމްޕްލޯއިމަންޓް ބިލްގެ ކޮމިޓީ ރިޕޯޓަށް ގޮތެއް ނިންމުމާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސަކަށް ބޭފުޅަކު އައްޔަނު ކުރުންވެސް އެޖެންޑާގައިވެއެވެ.
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ތާވަލު ކޮށްފައިވާއިރު، މަޖިލީހުން ދެ މަހުގެ ޗުއްޓީއަށް ދިޔައީ މިދިޔަ މަހު ކުރީކޮޅު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން އެދޭ ނަމަ، ދައުރުން ބޭރުން ޖަލްސާ ބޭއްވޭނެއެވެ. ޗުއްޓީއަަށް ފަހު، މި އަހަރަށް މަޖިލިސް ހުޅުވޭނީ އަންނަ މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު