ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ނުވަތަ ދެ އިންތިޚާބު އެއްކޮށްލުމަކީ، ވެރިކަން ކުރާ ފަރާތްތަކުން ރައްޔިތުން އިތުރަށް އަޅުވެތިކުރުމަށް ހިންގާ ސިޔާސީ ރޭވުމެއްގެ ގޮތުގައި ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސިފަކުރަށްވައިފިއެވެ.
މީސްމީޑިއާގައި ސަޢުދު ވިދާޅުވީ، މަޖިލިސް މެންބަރުންނަކީ ރައްޔިތުންނަށް އިޚްލާސްތެރި، ވަފާތެރި އަދި ރައްޔިތުން ބާރުވެރިކުރުވާ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ވެރިކަމުގައި ހުންނަވާ ރައީސެއްގެ ވަގުތީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި މަޖިލިސް މެންބަރުންނަކީ ސަރުކާރުގެ "އަޅުންނަށް" ވެގެން ނުވާނެ ކަމަށްވެސް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ މައްޗަށް އަލިއަޅުއްވާ ލައްވަމުން ސަޢުދު ވިދާޅުވީ، ޤާނޫނުއަސާސީން ސަރުކާރާއި ޖުޑިޝިއަރީ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ދީފައިވާ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ. ނަމަވެސް، މަޖިލީހުގެ މެންބަރުންނަކީ ވަކި ސިޔާސީ ޕާޓީއެއްގެ ނުވަތަ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ތިބި ބަޔަކަށް ވެއްޖެނަމަ، ދައުލަތުގެ ތެރޭގައި އޮންނަ ރައްޔިތުންގެ ބާރު ގެއްލި، ރައްޔިތުންނަކީ ސަރުކާރުގެ އަޅުންނަށް ވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
މީގެ އިތުރުން، މިފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު އިތުރަށް ގަޑުބަޑުވެ، "މަތިބަރު ބަރުލަމާނީ ނިޒާމަކަށް" މިސްރާބު ޖަހާފާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅު ނިންމާލެއްވީ، މަޖިލިސް މެންބަރުންގެ އަސްލު މަސްއޫލިއްޔަތަކީ ގައުމަށް އިޚްލާސްތެރިވުމާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުން ބާރުވެރިކުރުވުން ކަން ހަނދާންކޮށް ދެއްވަމުންނެވެ.
ސަޢުދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ދެ އިންތިޚާބު އެއްކޮއްލުމަކީ ވެރިން ރައްޔިތުން އިތުރަށް އަޅުވެތި ކުރުމަށް ހިންގާ ރޭވުމެއް! ރައްޔިތުންގެ މަޖްލިސް މެމްބަރުން ވާންވާނީ ރައްޔިތުންނަށް އިޚްލާސްތެރި ވަފާތެރި އަދި ރައްޔިތުންނަށް ބާރުދޭ ބަޔަކަށް! ވެެރިކަމުގައި ހުންނަ ރައީސެއްގެ ވަގުތީ ސިޔާސީ ބާރުވެރިކަން ހޯދުމަށް…
— Saud Hussain (@SaudVillingili) January 4, 2026
މީގެ އިތުރުން، މިފަދަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު އިތުރަށް ގަޑުބަޑުވެ، "މަތިބަރު ބަރުލަމާނީ ނިޒާމަކަށް" މިސްރާބު ޖަހާފާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާގެ ވާހަކަފުޅު ނިންމާލެއްވީ، މަޖިލިސް މެންބަރުންގެ އަސްލު މަސްއޫލިއްޔަތަކީ ގައުމަށް އިޚްލާސްތެރިވުމާއި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް ރައްޔިތުން ބާރުވެރިކުރުވުން ކަން ހަނދާންކޮށް ދެއްވަމުންނެވެ.
ސަޢުދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު