ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ކިތަންމެ ބޮޑެތި ބަދަލުތަކެއް ގެނައި ކަމުގައިވީ ނަމަވެސް، 2008 ވަނަ އަހަރުގެ ފަހުން ދިވެހި ރައްޔިތުން ގެންގުޅެމުން އަންނަ ސިޔާސީ އާދަކާދައަށް ބަދަލެއް ނާންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި މޫސަ ވިދާޅުވީ، ރިޔާސީ އިންތިޚާބުތަކުގައި އަބަދުވެސް އާ ވެރިކަމަކަށް ފުރުސަތު ދިނުމަކީ ދިވެހިންގެ އާދަ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުތަކުގައި ރައްޔިތުން އިސްކަންދެނީ ވޭތުވެދިޔަ ފަސް އަހަރު އިދިކޮޅުގައި ތިބި ފަރާތްތަކަށް ޖާގަ ދިނުމަށް ކަމަށާއި، 2028 ވަނަ އަހަރު ބާއްވާ އިންތިޚާބުގައިވެސް މި އުސޫލަށް ބަދަލެއް އަންނާނެ ކަމަށް ގަބޫލެއް ނުކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން މޫސާ މަނިކު ވިދާޅުވީ، ރައްޔިތުންގެ މި ނިންމުމަކީ ވަޒީފާއަކަށް ނުވަތަ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބަރޯސާވެގެން ނިންމާ ނިންމުމެއް ނޫން ކަމަށެވެ. އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން، ޚުދުމުޚުތާރު ވެރިކަމަކަށް މަގުފަހިވާނެ އެއްވެސް ފުރުސަތެއް ދިވެހިން ނުދޭނެ ކަމަށާއި، އެއްވެސް ވެރިއަކަށް ދެވަނަ ދައުރެއް މިހާތަނަށް ދީފައިނުވަނީ އެ ސަބަބަށްޓަކައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގާނޫނުއަސާސީއަކީ ހަމައެކަނި މަޖިލީހުން ފާސްކުރި ފޮތެއް ނޫން ކަމަށާއި، އެއީ މިނިވަންކަމާއި ޑިމޮކްރަސީއަށް ލޯބިކުރާ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ އުސޫލުތަކެއްކަން 2028 ގައި ސާފުވެގެންދާނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
މޫސަ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ރިޔާސީ އިންތިޚާބާއި، މަޖިލީސް އިންތިޚާބު އެކީ ބާއްވަން މިސަރުކާރުން ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު