ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، ނަމަވެސް އެއީ ހިނިއަންނަ ޒާތުގެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު މިހެން ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ނަޝީދު އިޝާރާތް ކުރެއްވީ، ހަނިމާދޫ އެއާޕޯޓު ހިންގުމަށް އިންޑިއާގެ އެހީތެރިކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް އިންޑިއާގެ "ދަ ހިންދޫ" ނޫހުން ކޮށްފައިވާ ރިޕޯޓަށެވެ.
"ދަ ހިންދޫ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިކަމާ ގުޅޭ ދިރާސާއެއް ކުރުމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ އެ ގައުމުގެ އެއާޕޯޓްސް އޮތޯރިޓީއަށް އަންގާފައެވެ.
މި މައުލޫމާތު ދިވެހި ސަރުކާރުން ދޮގުކޮށްފައިވީ ނަމަވެސް، ރައީސް ނަޝީދު ވަނީ އެއާޕޯޓު ހިންގުން ބޭރުގެ ކުންފުންޏަކާ ހަވާލުކުރަން އުޅޭ އަޑުތަކަށް ތާއީދު ކުރައްވާފައެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި މިހާރުގެ ސަރުކާރަށް ނުސީދާ ފާޑުކިއުންތަކެއް އަމާޒުކުރެއްވިއެވެ.
އެގޮތުން، މީގެ ކުރިން އިންޑިއާއާ ގުޅުންހުރި ކަންކަމާ ދެކޮޅަށް ވާހަކަދެއްކެވި ބޭފުޅުން މިއަދު އެފަދަ ނިންމުމެއް ނިންމަވާތީ "ހިނި އަންނަ" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަނގަޅު ކަންކަން ކުރާއިރު، އެކަންކަން ހުއްޓުވުމުގެ ބަދަލުގައި އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން ރާއްޖެއިން ބޭރުގެ ބަޔަކާ ހަވާލުނުކުރާނެ ކަމަށާއި އެ އެއާޕޯޓް ހިންގާނީ ދިވެހި ސަރުކާރުންކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު