ރައީސް ޑރ.މުޢިއްޒުގެ ސަރުކާރަކީ މިއީ ޣައިރު ގާނޫނީ ބާތިލް ސަރުކާރެެއް ކަމަށާއި ރައްޔިތުން ނިކުމެ މި ސަރުކާރު ބަދަލު ކުރާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ މިއަދު ވިދާޅުވެއްޖެއެވެ.
ޣަފޫރު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށާއި، މި ހިނގާ 20ވަނަ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހަށް ބަހުސް ކުރަށްވަމުންނެވެ.
މިބިލަށް ބަހުސް ކުރަށްވަމުން އަބްދުލްޣަފޫރު ވިދާޅުވީ، ވެރިކަމުގެ އާރާއި ބާރަކީ އަބަދު އޮންނާނެ އެއްޗެއް ނޫން ކަމަށެވެ. އަދި މިއީ ޣައިރު ޤާނޫނީ ބާތިލް ސަރުކާރެއް ކަމަށާއި، ރައްޔިތުން ނިކުމެ މި ސަރުކާރު ބަދަލުކުރާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ. ޣަފޫރު ވިދާޅުވީ މިއަދު ވެެރިކަމުގައި ތިބީ ރައްޔިތުންގެ މުދަލުން މުތުލަޤަށް ވައްކަން ކުރާ "ބައިގަނޑެއް" ކަމަށެވެ. މި ސަރުކާރުން ރައްޔިތުންގެ ފައިދާ އަށް ކަމެއް ކޮށްފާނެ ކަމަށް އިންސާނުންގެ ބުއްދިއަށް ގަބޫލު ކުރާނެ ކަމަށް ޣަފޫރު ވިދާޅުވިއެެވެ.
ހަމައެއާއެކު ޣަފޫރު ވިދާޅުވީ ސަރުކާރު ބަދަލުވިއިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ބަޖެޓުން ޚަރަދުކުރަނީ 11 ބިލިއަން ރުފިޔާ ކަމަށެވެ. އެހެން ނަމަވެސް މިހާރު 17 ބިލިއަން ރުފިޔާ މުސާރަ އަށް ޚަރަދުކުރާ ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގައި މިވަގުތު ސަރުކާރުގައި 4،100 ސިޔާސީ މުވައްޒަފުން އެބަތިބި ކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ. ޣަފޫރު ވިދާޅުވީ ސްކޫލުތައް ނިމޭ ގަޑީގައި ނިކުންނަށް ކުދިންނަށްވުރެ ފެނަަކައިގެ މަސައްކަތް ނިމޭ ގަޑީގައި ނިކުންނަ މުވައްޒަފުންގެ އަދަދު ގިނަ ކަމަށެވެ.
"ސިޔާސީ މީހުންގެ މަގާމުތައް އިތުރުކޮށް ހަ ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރަން ޖެހިފަ ވަނީ އިއްޒަތްތެރި ރައީސް. އެމެރިކާގައި ތިބީ 4،000 ސިޔާސީ މުވައްޒަފުން. މިގައުމުގައި އެބަތިބި 4،100 ސިޔާސީ މުވައްޒަފުން." ޣަފޫރު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވީ މި ސަރުކާރަށް ދެ އަހަރުވީއިރު ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ފުއްދިފައި ނެތް ކަމަށެވެ. އެގޮތުން މި ސަރުކާރަށް ދެ އަަހަރުވީއިރު ރައްޔިތުންގެ ފައިދާ އަށް ކޮށްދެވުނީ ކޮން ކަމެއްތޯ ޣަފޫރު ވަނީ ސުވާލު ކުރަށްވާފައެވެ.
"ކޮބާތޯ މި ސަރުކާރުން ވި ވައުދުތައް؟ ކޮބާތޯ އަޅާދިން ބޯހިޔާވަހިކަން؟ މިއިން އެއްވެސް ކަމެއް ނުކޮށް، މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެން މިކަންކަން ކުރަމުން މިދަނީ، އިހައްދުވަހު ރައްޔިތުންނާ ބައްދަލުކޮށްފަ ތިމަންނަ މެންނަށް ބޯހިޔާވަހިކަން ދޭށޭ ބުނީމާ، ހުޅުމާލޭގަ ފުލެޓް އަޅަން ހަދާފަ އޮތް ބިން ވިއްކާލީ. ހުޅުމާލޭގެ ރައްޔިތުންނަށް ފުލެޓް އަޅަން ބާއްވާފަ އޮތް ބިން ޗައިނާ މީހުންނަށް ވިއްކާލީ، މިކަހަލަ ވައްކަންކުރާ ޣައިރު ޤާނޫނީ ސަރުކާރެއްމީ. ހެޔޮނުވާނެ މިމީހުން ދައްކާ ވާހަކަ މިޤައުމުގައި އަޑުއަހާކަށް، އަނިޔާވެރިކަން ހައްދުފަހަނައަޅާފަ މިވަނީ. ރައްޔިތުންގެ މުދަލުން މުސާރަ ވައްކަންކުރަމުން މިދަނީ. ކޮބާތޯ ރައްޔިތުންނަށް ކޮށްދިން ޚިދުމަތެއް؟" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު މިހެން ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކީ ބާއްވަން ޤާނޫނު އަސާސީއަށް ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ބިލުވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު