މާލޭގެ ސައިރިކްސް ކޮލެޖު ހުންނަ ސަރަހައްދުގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސަރވިސް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާގެ މަޢުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނެފައިވަނީ، އެ ގޭގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސިފައިން ކުރަމުންދާ ކަމަށެވެ.
ސިފައިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ދަނީ ވަރަށް ބޮޑަށް އަނދަމުންނެވެ.
އަލިފާން ރޯވި ސަރަހައްދަށް ދުންގަނޑު ފެތުރިފައިވާއިރު، ރޯވެފައިވަނީ މީހުން ދިރިއުޅޭ ގެއެއްގައިކަން މިހާތަނަށް ކަށަވަރުވެފައިނުވެއެވެ.

"ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވުނީ މިރޭ 23:56 ހާއިރުއެވެ." އެމްއެންޑީއެފުން ބުނެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު