ރިޕޯޓްތައް ބުނާގޮތުން، އީރާނުގައި މިހާރު ކުރިއަށްދާ މުޒާހަރާތައް ކޮންޓްރޯލްނުވެ، ސަލާމަތީ ބާރުތަކަށް ނުކަތާވަރު ވެއްޖެނަމަ، އެ ގައުމުގެ އެންމެ މަތީ ލީޑަރު ރަޝިޔާއަށް ފިއްލަވައިގެން ވަޑައިގަތުމުގެ ރޭވުމެއް ރާވަމުން އެބަގެންދެއެވެ.
އިންޓެލިޖެންސް މަސްދަރަކާ ހަވާލާދީ 'ދަ ޓައިމްސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުފުޅުން 86 އަހަރުގެ އާޔަތުﷲ އަލީ ޚާމަނައީ، 20 އެހީތެރިންނާއި އާއިލާގެ މެންބަރުންނާއެކު ތެހެރާނުން ފުރައިގެން ވަޑައިގަންނަވާނީ، މުޒާހަރާތައް ހުއްޓުވަން ތިބި އަސްކަރިއްޔާ އާއި ސަލާމަތީ ބާރުތަކުން އަމުރަށް ނުކިޔަމަންތެރިވާން ފަށައިފިކަން ކަށަވަރުވާ ހިސާބުންނެވެ.
މަސްދަރުން ބުނި ގޮތުގައި، މި 'ޕްލޭން ބީ' އަކީ ޚާމަނައީ އާއި އޭނާގެ އަރިސް ބޭފުޅުންނާއި، އާއިލާގެ މެންބަރުންގެ އިތުރުން، އޭނާގެ ފަހުން ވެރިކަމަށް އަންނާނެ ކަމަށް ބެލެވޭ ދަރިކަލުން މުޖުތަބާ ސަލާމަތްކުރުމަށް ރާވާފައިވާ ރޭވުމެކެވެ.
ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނާ ގޮތުގައި، މިދިޔަ ހޯމަ ދުވަހާ ހަމައަށް މި މުޒާހަރާތަކުގައި މަދުވެގެން 17 މީހުން ވަނީ މަރުވެފައެވެ. މި މުޒާހަރާތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ގައުމުގެ ފައިސާގެ އަގު ދަށްވުމާ ގުޅިގެންނެވެ. އަދި ބައެއް މުޒާހަރާވެރިން ދަނީ އާޔަތުﷲ ގެ ވެރިކަން ވައްޓާލުމަށް ގޮވާލަމުންނެވެ.
އިސްރާއީލުގެ އިންޓެލިޖެންސްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ބެނީ ސަބްތީ ބުނި ގޮތުގައި، ޚާމަނައީއަށް އޮތް ހަމައެކަނި އިޚްތިޔާރަކީ މޮސްކޯއަށް ފިއްލެވުމެވެ. ސަބްތީ އަކީ 1979 ގެ އިސްލާމީ އިންގިލާބަށްފަހު އީރާނުން ފިލައިގެން ދިޔަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު