މަޖިލީހުގެ މިއަދުގެ ޖަލްސާގެ ޚަބަރު ލިޔަންވީގޮތް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ނޫސްވެރިންނަށް ކިޔައިދެއްވައިފިއެވެ.
15 މިނެޓަށް ދިގުދެމިގެންދިޔަ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަވަހަށް ނިންމާލަނީ މަސައްކަތް ނެތިގެން ނޫން ކަމަށާއި، މިއަދުގެ ޖަލްސާ މަދުވަގުތުކޮޅެއްގެ ތެރޭގައި ނިންމާލަން ޖެހުނީ އެޖެންޑާގައި ހުރި މަސައްކަތްތައް ނިމުމުން ކަމަށެވެ.
މިއަދު ޖަލްސާ ކުރުވުމުން އެވާހަކަ މީޑިއާގައި ލިޔާނެކަން އެނގިލައްވާ ކަމަށް ވިދާޅުވެ، ޖަލްސާގެ ޚަބަރު މީޑިއާގައި ލިޔަންވީގޮތް އަބްދުއްރަޙީމް ވަނީ ނޫސްވެރިންނަށް އޮޅުން ފިލުއްވައި ދެއްވާފައެވެ.
"މިއަދު 15 މިނެޓު ތެރޭގައި ޖަލްސާ ނިންމާލި ވާހަކަ މީޑިއާގައި ލިޔާނެކަން އެނގޭތީ، މިއީ ކީއްވެގެން ވީކަމެއްކަން އޮޅުންފިލުވައިދިނުމަކީ މީޑިއާއަށް ޚަބަރު ފެތުރުމުގައި ފަސޭހަވާނެ ކަމެއް ކަމަށް ދެކެން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ހަމައެއާއެކު އަބްދުއްރަޙީމް ވިދާޅުވީ، މިއީ މަޖިލީހުގެ 31 މެންބަރުންގެ އެދުމުގެ މަތިން ވަކި ކަންކަމަށް ބާއްވާ ޚާއްސަ ޖަލްސާތަކެއްކަން މީޑިއާތަކުން ޖަލްސާ ރިޕޯޓްކުރުމުގައި ގެނެސްދެއްވުމަށް އެދިލައްވާ ކަމަށެވެ. އަދި ބާކީ ހުރި ކަންކަން މިހާރު ކުރިއަށްދަނީ ކޮމިޓީ މަރުހަލާގައިކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަބްދުއް ރަޙީމް މިހެން ވިދާޅުވެފައިވާއިރު، ދައުރުން ބޭރުގައި މަޖިލީހުގެ ކުއްލި ޖަލްސާތަކެއް ބާއްވަމުން ދަނީ، ޤާނޫނު އަސާސީ އިސްލާޙު ކުރުމަށާއި، ޤާނޫނުލް އުޤޫބާތް އިސްލާޙް ކުރުމަށާއި، ޕެންޝަން ފަނޑުގެ ޤާނޫނަށް ބަދަލު ގެނައުންފަދަ މަސައްކަތްތަކެއް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު