މިނިވަން މުއައްސަސާތަކާއި ބައިނަލްއަގުވާމީ ނިޒާމުތަކުގެ ތެރެއިން އުސޫލެއް ހަމައެއް ނެތި ކަންކަން ހިނގަމުންދާއިރު، އެމެރިކާ ފަދަ ބޮޑެތި ބާރުތަކުން ދައްކަމުންދަނީ އިބުރަތްތެރި ފިލާވަޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން"ގެ ހަބަރެއް ޝެއަރ ކުރައްވައި މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައި މޫސަ ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ބާރުތަކުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމަށް އަތްބާނައި، ވެރިކަންތައް ބަދަލުކުރުމަށް ކުރާ މަސައްކަތްތަކަކީ މިއަދު ފެންނަން އޮތް ހަގީގަތް ކަމަށެވެ.
އެގޮތުން ރަޝިޔާއިން ޔޫކްރޭނަށް އަރައިގަނެ، އެ ގައުމުގެ ރައީސް ޒެލެންސްކީ ހައްޔަރުކޮށްގެން ގެންދިއުމަށް މަސައްކަތް ކުރުމާއި، ޗައިނާއިން ބޭނުންވާ ވަގުތެއްގައި ތައިވާނުގެ ވެރިޔާ ދަމާފައި ގެންގޮސް އެ ގައުމުން ބޭނުންވާ މީހަކު ވެރިކަމަށް އިސްކުރުން ފަދަ ކަންކަން ހިނގާއިރު، އެމެރިކާއަށް އެކަމުގައި ބުނެވޭނެ މާ ބޮޑު ވާހަކައެއް ނޯންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
އަދި މިއީ ބާރުގެ ބޭނުންކޮށްގެން ގައުމުތަކުގެ އިސްތިގުލާލަށް އަރައިގަތުމުގެ ސަގާފަތެއް އުފެދިފައިވާ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ސަރަހައްދީ މަސްލަހަތަށް އަލިއަޅުއްވާލައްވަމުން މޫސަ ވަނީ އަވަށްޓެރި އިންޑިއާގެ ދައުރާ މެދުވެސް ސުވާލު އުފައްދަވާފައެވެ. އެގޮތުން މި ސަރަހައްދުގެ ގައުމުތަކުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރަން ފެށުމުން، އިންޑިއާ އިން އެކަމަށް ފާރަވެރިނުވެ ނުވަތަ ވަކި ފަރާތަކަށް ނުޖެހި އޮވެދާނެތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މޫސަގެ މި ވާހަކަފުޅުތަކުން ދޭހަވަނީ، ކުދި ގައުމުތަކުގެ ސިޔާސީ ހަމަޖެހުމުގެ މައްޗަށް ބޮޑެތި ބާރުތަކުގެ ނުފޫޒު އޮންނަ މިންވަރާ މެދު އޭނާ ކަންބޮޑުވުން ހުރިވަރު ކަމަށް ސިޔާސީ ތަޖުރިބާކާރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު