ރާސް ކުންފުނިން އެތެރެކުރި ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑްރަގްސް ހުރިކަމެއް ނޭނގޭ ކަމަށް އެތަކެތި ކްލިއަރ ކުރުމަށް ދިޔަ ހއ. ހޯރަފުށީ، ޢާފިޔާ، އަހުމަދު އަލީ (47އ) ބުނެފިއެވެ.
މީގެ 16 އަހަރު ކުރިން ރަޖިސްޓްރީ ކޮށްފައިވާ ރާސް މޯލްޑިވްސް ކުންފުނީގެ ނަމުގައި ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދު ކޮށްގެން 2025 ޑިސެންބަރު 25 ވަނަ ދުވަހު ރާއްޖެ އަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރެކުރި މައްސަލައިގައި އަޙްމަދު ޢަލީ ހައްޔަރުކުރީ، 2025 ޑިސެންބަރު 26 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އޭނާ ހައްޔަރު ކޮށްފައިވަނީ، މުދާ ކްލިއަރ ކުރުމަށް ކުންފުނީގެ ފަރާތުން ދިއުމުންނެވެ.
މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ޙާޟިރު ކުރުމުން ބަންދު މަޖިލީހުގައި ބުނެފައިވަނީ، އެތަކެތި ބަލައި ދިޔައިރު އެ ފޮށިގަނޑުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި، އޭނާއަކީ މުދާ ކުލިއާ ކުރުމުގެ މަސައްކަތްކުރާ މީހެއް ކަމަށް ކޯޓުގައި ވަނީ ބުނެފައެވެ.
ނަމަވެސް ކޯޓުން ވަނީ އިތުރު 15 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ. މި މައްސަލާގައި ދެން ހައްޔަރު ކޮށްފައިވަނީ ރާސް ކުންފުނީގެ އެމްޑީ ގދ. ތިނަދޫ / ގޯލްޑަން ހައުސް، މުހައްމަދު އާދިލް، (57އ) އެވެ.
ފުލުހުން ބުނީ މި ދެމީހުން މަސްތުވާތަކެތި ހުރި ފުޅިތައް ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދު ކޮށްގެން ކަމަށެވެ. އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި، އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު