ދުނިޔޭގެ މަސްރަހު ނުތަނަވަސްވެ، މިއަހަރުގެ ތެރޭގައި ބޮޑު ހަނގުރާމައަކަށް ތައްޔާރުވުމަށް ނޭޓޯގެ ސެކެޓްރީ ޖެނެރަލް ގޮވާލައްވާފައިވާތީ، އެކަމަށް ދިވެހިން ވަރަށް ބޮޑަށް ވިސްނާ ސަމާލުވާންޖެހޭ ކަމަށް ކަމަށްވާ ނަފާ ނަސީމް ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ މާހިރު، ނަސީމް ފާހަގަކުރެއްވި ގޮތުގައި، ޔޫރަޕްގެ ގައުމުތަކުން މިހާރުވެސް ދަނީ އެ ގައުމުތަކުގެ ރައްޔިތުންނަށް ހަނގުރާމައިގެ މެސެޖުތައްދީ، ދުރާލައި ތައްޔާރުވުމަށް ބާރުއަޅަމުންނެވެ. މިއީ ހަމައެކަނި ދައްކާ ތޯތޯ ވާހަކައެއް ނޫންކަމަށާއި، ދުނިޔެ މިހާރު މިސްރާބު ޖަހާފައިވަނީ ބޮޑެތި ކޯޅުންތަކަކާ ދިމާލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މިފަދަ ބޮޑު ކޯޅުމެއް ދުނިޔޭގައި ހިނގައިފިނަމަ، އޭގެ ނޭދެވޭ އަސަރު ދިވެހިރާއްޖެއަށް ކުރާނެ ކަމަށާއި، ތަފާތު ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު ނަސީމް ވަނީ ދެއްވާފައެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ މިފަދަ ބޮޑެތި ބަދަލުތަކަކީ ރާއްޖެފަދަ ކުޑަ ގައުމަކަށް އިގްތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއްކަން ފާހަގަކުރައްވައި، ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނައި ތައްޔާރުވެ ތިބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު