ފާއިތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭ 104 މަސާޖު ޕާލާ ބަންދުކޮށްފައިވާނެ ކަމަށާއި، މާލޭގައި އެފަދަ 200 ތަނެއް އެބަހުރި ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، މިދިޔަ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް 104 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދިވެސް 200އަށް ވުރެ ގިނަ މަސާޖު ޕާލާ ބަންދުކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން މަސާޖު ޕާލާތައް ބަންދުކުރަން ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށެވެ.

ރައީސް ވަނީ ނުބައި އާދަތައް ނައްތާލުމުގެ ރޫހު ގެންގުޅޭ ބަޔަކަށް އެންމެން ވުމަށް ގޮވާލައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު