ރަސްމާލެ މަޝްރޫއުގެ ދަށުން ފަޅު ހިއްކުމަށްޓަކައި ސަރުކާރުން ކޮންމެ މަހަކު ގާތްގަނޑަކަށް 8 މިލިއަނާއި 10 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުކުރާނެ ކަމަށް އަންދާޒާކުރެވޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދައްކަވަމުން އީސަ ވިދާޅުވީ، މި މަސައްކަތަށް ގެނެސްފައިވާ ބިޔަ ޑްރެޖަރުތަކަކީ ބޮޑު ޚަރަދެއް ހިނގާނެ ވަސީލަތްތަކެއް ކަމަށާއި، އެކަމުގެ ތަފްސީލުތައް ސިއްރުކޮށްފައި އޮތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އީސަ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑެތި ބާޖުތަކާއި ޑްރެޖަރުތައް ރާއްޖެ ގެނެސްގެން މި މަސައްކަތް ކުރަނީ ހިލޭ ނޫން ކަމަށާއި، އެންމެ ޑްރެޖަރަކަށް ވެސް މަހަކު 4 މިލިއަން ޑޮލަރު ހިނގާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން، ބަޖެޓެއް ނެތި އަދި ދެފުށް ފެންނަ ގޮތަކަށް ނޫން ގޮތަށް ކުރިއަށްގެންދާ މި މަސައްކަތަކީ ރައްޔިތުންނަށް އިޚުލާސްތެރި ނިޔަތެއްގައި ކުރާ ކަމެއް ނޫން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން އީސަ ވިދާޅުވީ، އެކަށީގެންވާ ދިރާސާއެއް ނުކޮށް މަސައްކަތް ފެށުމުގެ ސަބަބުން މާލެ އަތޮޅުގެ މުރަކަތަކާއި ޑައިވް ޕޮއިންޓްތައް ސުންނާފަތިވަމުންދާ ކަމަށެވެ. ވަކިން ޚާއްސަކޮށް، ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ ރިސޯޓެއްގެ ދެމެދުން ވެލި ނެގުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ދެވޭ ފޫނުބެދޭނެ ބޮޑު ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އީސަގެ ވާހަކައިގައި މި ސަރުކާރުގެ ވެރިކަން ހިންގުމުގެ އުސޫލުތަކަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތީއްސުރެ ހައްދަވަނީ އިތުރުފުޅު ކަމަށާއި، ބޯހިޔާވަހިކަމުގެ ވައުދުތަކުގައި އަމަލީ ސިފައެއް ނުޖެހި، މުޅި ވެރިކަން ހިންގަވަނީ ދޮގުގެ މަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު