ކުޑަކުދިންނަށް އާއްމުކޮށް ދީއުޅޭ ފޯމިއުލާއަކުން ވިހަ މާއްދާތަކެއް ފެނިގެން ސަމާލުވާން އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ ނެސްލޭ ކުންފުނިން އުފައްދާ 'އެސްއެމްއޭ' މަރުކާގެ އިންފެންޓް ފޯމިއުލާ އަދި ފޮލޯއަޕް ފޯމިއުލާގެ ބައެއް ބެޗްތަކުން 'ސެރެއުލައިޑް' ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ތަކެތި، ބަޒާރުން ނެގުމަށް، ނިންމާފައިވާކަން އެ ކުންފުނިން އާންމުކޮށް އިޢުލާން ކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
"ސެރެއުލައިޑް" އަކީ ބެސިލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެކެވެ.
މި މާއްދާއިން ތަޣައްޔަރު ވެފައިވާ އެއްޗެއް ބޭނުން ކުރެވިއްޖެނަމަ މޭނުބައިކޮށް، ހޮޑުލުން އަދި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ، އެކަށީގެންވާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެ މާއްދާ ހިމެނޭ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއްކަމުގައި އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު