ބެލްޖިއަމްގެ ހަސެލްޓްގެ ކޯޓަކުން، ގިނަ އަހަރުތަކެއް ވަންދެން އަމިއްލަ އަނބިމީހާއަށް މަސްތުވާތަކެތި ދީ، އެކި ފަހަރު މަތިން އޭނާ ރޭޕްކުރި މީހަކު 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ. އުމުރުން 54 އަހަރުގެ މި މީހާއަކީ ބެލްޖިއަމްގެ ޒޮންހޯވަން ސަރަހައްދަށް ނިސްބަތްވާ މީހެކެވެ. މިހާރުވެސް ބަންދުގައި ހުރި މި މީހާ، ހުކުމް އިއްވުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި މީހާ އޭނާގެ އަނބިމީހާއަށް ދެމުންދިޔަ ސައިގެ ތެރެއަށް ބާރުގަދަ ނިދިބޭސް އަޅައިގެން އޭނާ ހޭނައްތާލައެވެ. އަދި އޭނާ ހޭނެތިފައި އޮންނަ ވަގުތުތަކުގައި އެކި ކަހަލަ ތަކެތި ބޭނުންކޮށްގެން އޭނާ ރޭޕްކޮށް، އެ މަންޒަރުތައް ފޮޓޯއާއި ވީޑިއޯއިން ރެކޯޑުކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި މި ވީޑިއޯތައް އެ މީހާގެ އަތުން ފެނިފައިވީ ނަމަވެސް، އޭނާ އެ ތަކެތި އެހެން ބަޔަކަށް ހިއްސާކޮށްފައެއް ނުވެއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.
މި މައްސަލައިގެ މަދަނީ ދައުވާގައި، މިހާރު ވަރިވެފައިވާ އޭނާގެ ކުރީގެ އަނބިމީހާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަގުތީ ގޮތުން 15،000 ޔޫރޯ ނަގައިދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ލިބިފައިވާ އިތުރު ގެއްލުންތައް ވަޒަންކުރުމަށްޓަކައި ކޯޓުން ވަނީ މިހާރު ތަޖުރިބާކާރަކު އައްޔަންކޮށްފައެވެ. މި މައްސަލައިގެ މަދަނީ އަޑުއެހުންތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގައެވެ.
އަނިޔާ ލިބުނު އަންހެންމީހާގެ ވަކީލު ލުކް ޑެލްބްރޫކް ވިދާޅުވި ގޮތުގައި، ކޯޓުގެ މި ނިންމުމުން އޭނާގެ ކްލައިންޓަށް ލިބުނު ބޮޑު އަނިޔާއާއި ތަހައްމަލު ކުރަންޖެހުނު ހިތްދަތިކަން ކޯޓުން ބަލައިގެންފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި މިއީ ވަރަށް ދިގު މުއްދަތަކަށް ހިންގާފައިވާ ލާއިންސާނީ އަމަލަކަށްވާތީ، 10 އަހަރުގެ ޖަލު ހުކުމަކީ މި ކުށާ އެކަށީގެންވާ އަދަބެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު