ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލަކީ ސަނާ ކިޔަންޖެހޭ ފަދަ ޖެނެރަލެއް ނޫން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އޭނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ޖަލީލަކީ ސިފައިންގެ ތެރޭގައި ހިދުމަތްތަކެއް ކުރެއްވި ބޭފުޅަކަށް ވިޔަސް، އޭނާގެ ހަގީގީ މިޒާޖު ފެންނާނީ ޔުނީފޯމުން ބޭރުން ކަމަށާއި، މިހާރު ފެންނަމުންދަނީ އެ ހަގީގަތް ކަމަށެވެ. ރައީސް ޔާމީންގެ ފާޑުކިޔުންތައް ބިނާކުރެއްވީ މޫސާ އަލީ ޖަލީލް، ރައީސް މުއިއްޒުގެ ސަރުކާރާ ގުޅިވަޑައިގެން އިންތިހާބަށް ނުކުންނެވުމާ ގުޅޭ ގޮތުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް "ނިކަމެތިކަން ޖެއްސި" ސަރުކާރަކާ އެކު ޖަލީލު ނުކުންނަވާތީ އެކަމާ ހިތާމަކޮށް ލަދުގަންނަ ކަމަށެވެ.
އަދި ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ޖަލީލު އަދާކުރެއްވި ދައުރަށް އިޝާރާތް ކުރައްވައި، އޭނާއަށް ސަނާ ކިޔޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. މީގެ އިތުރުން، ސިފައިންގެ އަހްލާގު ހުރި މީހެއް ނަމަ "ނޯ ސާ" ބުނަން ޖެހޭ ހާލަތްތަކުގައި އެގޮތަށް ބުނަން ކެރެންވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ޖަލީލަކީ މަސައްކަތުގައި ވަރަށް "ލޫޒް" ކޮށް އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ޔާމީން ވިދާޅުވީ، ޖަލީލު އަމިއްލައަށް އޭނާގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލައިފި ކަމަށެވެ
މި ޖަލްސާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވެސް ވަނީ ޖަލީލު ފަދަ ބޭފުޅަކު ވޯޓަށް ސަލާން ޖަހަން ނެރުމަކީ ހިތާމަހުރި ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު