އޮޅުވާލައިގެން އެހެން މީހުންގެ ނަމުގައި އާސަންދަ މެދުވެރިކޮށް ބޭސް ނަގަމުންދާ ކަމުގެ ގިނަ ޝަކުވާތަކެއް ލިބެމުންދާއިރުވެސް، އެކަން ހުއްޓުވުމަށް އާސަންދަ ކުންފުނިން އެކަށީގެންވާ ފިޔަވަޅު އަޅަމުން ނުދާކަން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.
އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިފަދަ އޮޅުވާލުންތަކުގެ ތެރެއިން ޖުމްލަ 175,174 ރުފިޔާގެ ބޭސް އެކި ފަރާތްތަކުން ނަގާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އާސަންދަ ސްކީމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ވަކިވަކި ފަރުދުންނަށް ފިޔަވަޅު އެޅޭނެ ހަރުދަނާ އުސޫލެއް މިހާތަނަށް ގާއިމްކުރެވިފައެއް ނުވެއެވެ. ނަމަވެސް "ވިނަވި" ޕޯޓަލް މެދުވެރިކޮށް އެފަދަ ފަރާތްތައް ރެސްޓްރިކްޓް ކުރެވޭނެ އިންތިޒާމު ހުރި ކަމަށް އާސަންދައިން ބުނެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ތައާރަފުކުރި "އޯވަރލެޕް ފީޗަރ" ގެ ސަބަބުން، ބޭސް ދޫކޮށްފައިވާ މުއްދަތު ހަމަނުވަނީސް އަލުން ބޭސް ނަގަން އުޅޭނަމަ އެކަން ފާހަގަވާނެއެވެ. އެހެންނަމަވެސް، މި ހާލަތުގައިވެސް ބޭސް ދޫކުރުމުގެ އިހުތިޔާރު ފާމަސީތަކަށް އޮންނާތީ، މި ފީޗަރގެ އަސްލު މަގުސަދު ހާސިލްނުވާކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ.
މި ރިޕޯޓުގައި ވަނީ ބޭސް ސިޓީ ފޯޖުކޮށްގެން ބޭސް ނަގައި، އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ކޭސް ސްޓަޑީއެއް ހިމަނާފައެވެ. އެ މީހާ އޭނާގެ ބައްޕަގެ ނަމުގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ މައްސަލަ 2023 ވަނަ އަހަރުގެ ކުރީކޮޅު އާސަންދައަށް ރިޕޯޓުކޮށްފައިވެއެވެ. އޭނާގެ ބައްޕަ ރަށުގައި ދިރިއުޅެމުންދާއިރު، މާލޭގެ އެކި ހޮސްޕިޓަލްތަކަށް ދައްކައިގެންނާއި ބޭސް ސިޓީ ފޯޖުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި 112,586 ރުފިޔާގެ ބޭސް ނަގާފައިވާކަން ވަނީ އެނގިފައެވެ. މިއީ އެ މުއްދަތުގައި އޭނާގެ ބައްޕަ ރަށުން ނެގި ބޭހަށްވުރެ ހަތަރު ގުނަ އިތުރު އަދަދެކެވެ.
އޮޑިޓް އޮފީހުން ބުނި ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހެޅި ފަހުންވެސް އެ މީހާ ވަނީ އޭނާގެ ބައްޕަގެ ނަމުގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި ހުރެގެން އެއް ތާރީޚެއްގައި ޑޮކްޓަރަށް ދައްކައި ބޭސް ނަގާފައެވެ. މިކަމުން ދޭހަވަނީ އާސަންދައިގެ ކޮންޓްރޯލްތައް ބަލިކަށިކަން ކަމަށް ރިޕޯޓުގައިވެއެވެ. އެހެންކަމުން، އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަކޮށް ހަރުދަނާ ސިޔާސަތުތަކެއް އެކުލަވައިލުމަށް އޮޑިޓް އޮފީހުން ވަނީ އާސަންދަ ކުންފުންޏަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު