ރާއްޖެއާއި ހަމައަށް ފޯރާނެހައިޕަރސޮނިކް މިސައިލެއް އުފެއްދުމުގެ މަސައްކަތުގައި އިންޑިއާގެ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީ.އާރު.ޑީ.އޯ) އިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.
ހައިދަރުއާބާދުގައި ހުންނަ ޑީ.އާރު.ޑީ.އޯގެ ލެބޯޓްރީއެއް ކަމަށްވާ ޑިފެންސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ލެބޯޓްރީ (ޑީ.އާރު.ޑީ.އެލް) އިން ވަނީ "އެކްޓިވްލީ ކޫލްޑް ސްކްރެމްޖެޓް ކޮމްބަސްޓަރ" އެއް ބޭނުންކޮށްގެން 12 މިނެޓަށް ވުރެ ގިނަ ވަގުތު ވަންދެން ކާމިޔާބު ގްރައުންޑް ޓެސްޓެއް ޖެނުއަރީ 9، 2026 ގައި ބާއްވާފައެވެ. އިންޑިއާގެ ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މިއީ އެ ގައުމުގެ ހައިޕަރސޮނިކް ޓެކްނޮލޮޖީ ކުރިއެރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ޓެސްޓު ކުރިއަށް ގެންގޮސްފައިވަނީ ޑީ.އާރު.ޑީ.އެލްގެ އެންމެ ޒަމާނީ "ސްކްރެމްޖެޓް ކަނެކްޓް ޕައިޕް ޓެސްޓް" (އެސް.ސީ.ޕީ.ޓީ) ފެސިލިޓީގައެވެ. ހައިޕަރސޮނިކް ކްރޫޒް މިސައިލަކީ އަޑަށްވުރެ ފަސް ގުނަ ބާރަށް (ގަޑިއަކު 6،100 ކިލޯމީޓަރަށް ވުރެ ބާރަށް) ދަތުރުކުރުގެ ގާބިލްކަން ލިބިގެންވާ އެއްޗެކެވެ. ދިފާއީ ވުޒާރާއިން ފާހަގަކުރި ގޮތުގައި މި ކާމިޔާބީ ހޯދިފައިވަނީ ވައިގެ އެހީގައި މަސައްކަތްކުރާ "އެއަރ-ބްރީދިންގް" އިންޖީނެއް ބޭނުންކޮށްގެންނެވެ.
މިއީ ސުޕަރސޮނިކް ކޮމްބަސްޝަން ބޭނުންކޮށްގެން ގިނަ ވަގުތު އުދުހުމުގެ ބާރު ފޯރުކޮށްދޭ އިންޖީނެކެވެ.
މިދިޔަ އަހަރުގެ އޭޕްރިލް 25 ގައި ހެދި ކުދި ސައިޒުގެ ޓެސްޓުތަކަށްފަހު، މިފަހަރުގެ ފުލް-ސްކޭލް ޓެސްޓަކީ އިންޑިއާގެ ދިފާއީ އިންޑަސްޓްރީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. މި އިންޖީނާއި ޓެސްޓުކުރާ ފެސިލިޓީ ފަރުމާކޮށްފައިވަނީ ޑީ.އާރު.ޑީ.އެލް އިންނެވެ.
މީގެ އިތުރުން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުވެސް މިފަދަ ޓެސްޓެއް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި އައު ކުރިއެރުމާއެކު އިންޑިއާ މިވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއަރޯސްޕޭސް ގައުމުތަކުގެ ސަފަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު