އިރާންގެ އަސްކަރީޔާ
އިރާންގެ އަސްކަރީޔާ
އީރާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، ގިނަ ބަޔަކު ހައްޔަރުކޮށް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވާ ދަނޑިވަޅެއްގައި، އެ ޤައުމުގެ "ޤައުމީ މަސްލަހަތު" ހިމާޔަތްކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި އަސްކަރިއްޔާއިން ވަނީ އިޒްރޭލާއި "ދުޝްމަން ޓެރަރިސްޓް ގްރޫޕްތަކުން" ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އީރާނުގެ ރޫޙާނީ ލީޑަރުގެ އަމުރަށް، އެހެން ސަލާމަތީ ބާރުތަކާ ގުޅިގެން ޤައުމުގެ އިސްތިރާތީޖީ ވަސީލަތްތަކާއި އާންމު މުދާ ހިމާޔަތްކުރުމުގައި ސާބިތުވެ އޮންނާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި އިންޒާރު އައިސްފައިވަނީ ތަކެތީގެ އަގުބޮޑުވުމާއި އިންފްލޭޝަނާ ގުޅިގެން ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި ހިނގާ އެންމެ ބޮޑު މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހޮނިހިރު ދުވަހުވެސް ވެރިރަށް ތެހެރާންގެ އުތުރު ސަރަޙައްދުތަކަށް މީހުން އެއްވެ، ކުރީގެ ރަސްކަމަށް ތާއީދުކޮށް އަޑުއުފުލާފައިވާކަން އޭއެފްޕީ ނިއުސް އެޖެންސީން ކަށަވަރުކޮށްފައިވާ ވީޑިއޯތަކުން ފެނެއެވެ. މީގެ އިތުރުން ރަޝްތު، ތަބްރީޒް، ޝީރާޒް އަދި ކަރްމާން ފަދަ ރަށްތަކުގައިވެސް ބޮޑެތި އެއްވުންތައް ބާއްވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު