އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޖަލައުން (އޮރައި) ގައި، އާ އަހަރުގެ ތަހުނިޔާ އަނބިމީހާ ނުކިޔުމުގެ ސަބަބުން ފުލުހަކު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފިއެވެ.

2020 ވަނަ އަހަރުގެ ބެޗުން ފުލުހުންގެ ޚިދުމަތާ ގުޅުނު ބްރަހަމްޖީތު ނަމަކަށް ކިޔާ މި ކޮންސްޓަބަލް، އޭނާގެ އަނބިމީހާއާ މިކަމާ ގުޅިގެން ހޫނު ބަހުސެއް ކުރުމަށްފަހު، ސަރުކާރުން ދީފައިވާ ރަސްމީ ބޯހިޔާވަހިކަން ދޫކޮށް ވަލުތެރެއަށް ގޮސްފައިވެއެވެ.

އޭނާ ވަނީ ފަހުން އަނބިމީހާއަށް ފޯނުން ގުޅައި، އޭނާ ވިހަ ބޮއެފައިވާ ކަމަށް ބުނެ ފޯނު ނިވާލާފައެވެ.

މި މަޢުލޫމާތު ލިބުމާއެކު ފުލުހުންގެ އިދާރާގެ ތެރޭގައި ބޮޑު ކަންބޮޑުވުމެއް އުފެދުނެވެ. ސަަރވޭލަންސް ޓީމުގެ އެހީތެރިކަމާއެކު އޭނާ އޮތް ތަން ހޯދުމަށް ކުރި މަސައްކަތުން، އޭނާ ހޭނެތިފައި އޮއްވާ ފެނުނީ ވަލުތެރެއިންނެވެ.

ފުލުހުން ވަނީ ވަގުތުން އޭނާ މެޑިކަލް ކޮލެޖަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ފަހުގެ ރިޕޯޓްތައް ބުނާގޮތުން ފަރުވާއަށްފަހު މިހާރު އޭނާގެ ހާލަތު އަންނަނީ ރަނގަޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު