އިންޑިއާގެ ބިހާރު ސްޓޭޓުގައި ހުރި ރަން ގަހަނާ ވިއްކާ ފިހާރަތަކަށް ވަންނަ އިރު، މޫނު ނުފެންނަ ގޮތަށް ނިވާކޮށްގެން ތިބޭ މީހުންނަށް ވަނުން މަނާކޮށްފިއެވެ.
"އޯލް އިންޑިއާ ޖުވެލާސް އެންޑް ގޯލްޑް ފެޑެރޭޝަން" އިން ނިންމި މި ނިންމުމުގެ ދަށުން، ހިޖާބު، ނިގާބު، ބުރުގާ، މާސްކު ނުވަތަ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބޭ ކަސްޓަމަރުންނަށް ފިހާރައަށް ވަނުމުގެ ފުރުސަތެއް ނުލިބޭނެއެވެ. މި އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މި ޖެނުއަރީ މަހުން ފެށިގެންނެވެ.
މި ނިންމުމަކީ ފަހަކަށް އައިސް ގަހަނާ ވިއްކާ ފިހާރަތަކުން ވައްކަން ކުރުމާއި ފޭރުމުގެ ހާދިސާތައް އިތުރުވަމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ފެޑެރޭޝަނުން ބުނެއެވެ. ބިހާރުގެ ވެރިރަށް ޕަޓްނާ ހިމެނޭހެން ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ހުރި ފިހާރަތަކުގެ ބޭރުގައި، މޫނު ނިވާކޮށްގެން ވަނުން މަނާކަން އަންގައިދޭ ބޯޑުތަކާއި ޕޯސްޓަރުތައް މިހާރު ވަނީ ހަރުކޮށްފައެވެ.
ޖުވެލަރީ ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، ރަނާއި ރިހީގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ފިހާރަތަކަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެހެންކަމުން، ސީސީޓީވީ ކެމެރާތަކުން މީހުން ދެނެގަތުމަށްޓަކައި މޫނު ސާފުކޮށް ފެންނަން ހުރުމަކީ މުހިންމު ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ. މި އުސޫލު އަންހެނުންނާއި ފިރިހެނުންނަށްވެސް އެއްހަމައަކުން ހިނގާނެ ކަމަށާއި، މިއީ ވަކި ދީނަކަށް ނުވަތަ ނަސްލަކަށް އަމާޒުކޮށްގެން ނިންމި ނިންމުމެއް ނޫން ކަމަށްވެސް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު