މިހާރު އީރާނުގައި ކުރިއަށްދާ ސަރުކާރާ ދެކޮޅު ބޮޑެތި މުޒާހަރާތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން، ފުރަތަމަ ފަހަރަށް މުޒާހަރާގެ ބައިވެރިއަކު މެރުމަށް އީރާނުން ތައްޔާރުވަމުންދާ ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެފިއެވެ.
މިގޮތުން އީރާނުގެ ވެރިރަށް ތެހެރާނާ ކައިރީގައި އޮންނަ ކަރަޖްއިން މިދިޔަ ހަފުތާގައި ހައްޔަރުކުރި އުމުރުން 26 އަހަރުގެ އިރްފާން ސުލްތާނީ، އެކަށީގެންވާ ޝަރީއަތެއް ނުހިންގައި ބުދަ ދުވަހު ދަންޖައްސައި މެރުމަށް ވަނީ ނިންމާފައެވެ.
ނޯވޭގައި ހުންނަ އެންޖީއޯއެއް ކަމަށްވާ އީރާން ހިއުމަން ރައިޓްސް (އައި.އެޗް.އާރް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިރްފާންގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވާ ކަމަށާއި، އެ ހުކުމް ޖެނުއަރީ 14 ވާ ބުދަ ދުވަހު ތަންފީޒުކުރާނެ ކަމަށް އޭނާގެ އާއިލާއަށް ވަނީ އަންގާފައެވެ. މި މުޒާހަރާތަކުގައި މިހާތަނަށް 648 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށް އައި.އެޗް.އާރް އިން ބުނި ނަމަވެސް، ބައެއް އަންދާޒާތަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު 6,000 އަށް ވުރެ ގިނަވާނެ ކަމަށް ބެލެވެއެވެ. އަދި އީރާނުގައި އިންޓަނެޓް ކަނޑާލާފައިވުމުގެ ސަބަބުން މި މައުލޫމާތުތައް މިނިވަންކަމާއެކު ކަށަވަރުކުރުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
އިރްފާން ސުލްތާނީ ހައްޔަރުކޮށްފައިވަނީ ކަރަޖްގައި ކުރި މުޒާހަރާއެއްގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ "ކަލާނގެއާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުން" ނުވަތަ "މުހާރިބާ" ގެ ދައުވާއެވެ. މިއީ އީރާނުގެ ގާނޫނުތަކުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 10,000 އެއްހާ މީހުން މި މުޒާހަރާތަކާ ގުޅިގެން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު