ދުންފަތުގެ ބާވަތްތައް ވިއްކުމަށް މިހާތަނަށް 437 ތަނަކަށް ލައިސެންސް ދޫކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން ބުނީ ހުރިހާ މަރުހަލާއެއް ނިންމުމަށްފަހު ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ލައިސަންސް، މި ވަގުތަށް 437 ތަނަކަށް ދޫކޮށްފައިވާ ކަމަށެވެ. އޭގެ އިތުރަށް ޓޮބޭކޯ އިމްޕޯޓު ލައިސަންސް 31 ފަރާތަކަށް އަދި ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސް ދެ ފަރާތަކަށް ދޫކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސެންސް ދޫކުރުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު ކެފޭ، ރެސްޓޯރަންޓު ހިމެނޭ ގޮތަށް ދުންފަތުގެ ލައިސެންސަށް 767 ފަރާތަކުން އެދިފައިވާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން އާންމުކޮށްފައިވާ ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ އާންމު ގަވައިދުގައިވާ ގޮތުން، ދުންފަތުގެ ބާވަތްތައް އިމްޕޯޓްކުރުމަށާއި، ރީ އެކްސްޕޯޓް ކުރުމަށާއި، ރާއްޖޭގައި ވިއްކުމަށް ވަކި ލައިސަންސެއް ނަގަން ޖެހެއެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ވިޔަފާރި ކުރުމާ ގުޅޭގޮތުން ދޫކުރާ ލައިސަންސްތަކުގެ ތެރޭގައި ދުންފަތުގެ ބާވަތްތައް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމުގެ ލައިސަންސާއި، އިމްޕޯޓުކުރުމުގެ ލައިސަންސާއި، ރީއެކްސްޕޯޓުކުރުމުގެ ލައިސަންސް އަދި އައު ބާވަތެއް ރަޖިސްޓަރީކުރުން ހިމެނޭ ކަމަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤަވާއިދު ބުނާގޮތުން ލައިސަންސް ދޫކުރާނީ ފަސް އަހަރުދުވަހުގެ މުއްދަތަށް، ކަނޑައަޅާފައިވާ ފީ ދެއްކުމުންނެވެ. އަދި ލައިސެންސާއި، ހުއްދަ ނުނަގާ މުޢާމަލާތުކުރުމުން ފުރަތަމަ ފަހަރުނަމަ 50000 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި، އިތުރުވާ ކޮންމެ ފަހަރަކަށް 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރުވެސް މިގަވާއިދުގެ ދަށުން ކަމާބެހޭ ފަރާތްތަކަށް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު