ބަންގްލަދޭޝަށް ދަތުރު ކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ދިނުން މަސް ދުވަހަށް ހުއްޓާލަން ނިންމާފައިވާތީ އެގައުމަށް ދަތުރުކުރުމުގެ ކުރިން ވިސާ ނެގުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސްކޮށްފިއެެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން، ޖެނުއަރީ 15 ފެށިގެން ފެބްރުއަރީ 15ގެ ނިޔަލަށް، އެ ގައުމަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށް އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް، އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ދިވެހިން ގަސްދުކުރާ ނަމަ، ދަތުރުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އެ މިނިސްޓްރީ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަންގްލަދޭޝްގެ ވިސާއާ ގުޅޭ އިތުރު ތަފުސީލުތައް ބަންގްލަދޭޝްގެ އިމިގްރޭޝަން ސައިޓުން ލިބޭނެކަމަށް ވެސް މިނިސްޓްރީން ބުނެއެެވެ. އަދި ވިސާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ހައި ކޮމިޝަންގެ ނަންބަރު 3320859 އަށް ގުޅުއްވުމަށް ހާރިޖީ ވުޒާރާއިން ވަނީ އެދިފައެވެ.
މީގެ އިތުރުން، އޮން އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މައުލޫމާތު ބަންގްލަދޭޝް ސަރުކާރުން ކަނޑައަޅާފައިވާ ހާއްސަ ލިންކު މެދުވެރިކޮށްވެސް ބަލާލެވޭނެ ކަމަށް އެ ވުޒާރާ އިން ބުންޏެވެ.
މިހާރު އޮންނަގޮތުން ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު