ހދ. ވައިކަރަދޫ، ކަސްތޫރި، އަޙްމަދު އަދީބު
ހދ. ވައިކަރަދޫ، ކަސްތޫރި، އަޙްމަދު އަދީބު
ސައިކަލު ވަގަށް ނެގުމުގެ ކުށުގެ ރެކޯޑްތަކެއް އޮންނަ ހދ. ވައިކަރަދޫ، ކަސްތޫރި، އަޙްމަދު އަދީބު ޝަރީޢަތް ނިމެންދެން ބަންދު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އަދީބު ހައްޔަރު ކޮށްފައިވަނީ، އިއްޔެ ހެނދުނު 06:29 އެހައިކަންހާއިރު، ހުޅުމާލެ ހައިވަކަރުމަގުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ކަމަށެވެ.

އެގޮތުން ހދ. ވައިކަރަދޫ، ކަސްތޫރި، އަޙްމަދު އަދީބު، 34، ގެ އަމަލުތައް ހުރިގޮތުންނާއި، އެނާއަކީ ސައިކަލު ވަގަށް ނެގުމުގެ ގިނަ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމުން ޝައްކުކުރެވިގެން ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ.

އަދި ވަގަށް ނަގާފައިވާ ސައިކަލެއް ގެންގުޅުނު މައްސަލައިގައި އިއްޔެވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އޭގެއިތުރުން ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު