ކިލޯއެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްޣަރު 31، އޭނާއަކީ ނަފްސާނީ ބަލިމީހެއް ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމެންޓެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހަމިދު 23، އާއި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްޣަރު 31، އެވެ.
މިމީހުންގެ މުއްދަތު މަޖިލީހުގައި ރާއިދު ކޯޓުގައި ބުނެފައިވަނީ، އޭނާއަކީ ވަރަށް ބޮޑަށް ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި، އެކަމުގެ ނާޖާއިޒު ބޭނުންކޮށްގެން ކުށް ކުރުވަން މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާގެ ބަލި ހާލަތަށްޓަކައި ގޭބަންދަށް ބަދަލު ކޮށްދިނުމަށް ރާޢިދު ވަނީ ކޯޓުގައި އެދިފައެވެ.
ނަމަވެސް ކޯޓުން ނިންމާފައިވަނީ، އޭނާ ބަންދުގައި ބެހެއްޓޭނެ މިންވަރަށް އެކަށީގެންވާ ހެކިހުރުމުން ބަންދުން ދޫކުރަން ޖެހޭ ފަދަ ހާލަތެއް މިވަގުތު ނެތް ކަމަށެވެ. އަދި އޭނާގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ވަނީ ދީފައެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު