އިރާނުގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، އެ ގައުމުގައި މިހާރު ތިބި އިންޑިއާގެ ރައްޔިތުން ވީ އެންމެ އަވަހަކަށް ގައުމުން ފޭބުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން މިއަދު އަންގައިފިއެވެ.
އެ މިނިސްޓްރީން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ، ވިޔަފާރި އުދުހުންތައް މެދުވެރިކޮށް ނަމަވެސް، ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން އިންޑިއާ ރައްޔިތުން އިރާނުން ބޭރުވުމަށް ބާރުއަޅާ ކަމަށެވެ. މީގެ އިތުރުން، އިރާނުގައި ތިބި އިންޑިއާ މީހުންނާއި އިންޑިއާ ނަސްލުގެ މީހުން ސަލާމަތީ ގޮތުން ނުހަނު ސަމާލުވުމަށާއި، މުޒާހަރާތައް ކުރިއަށްދާ ސަރަހައްދުތަކަށް ނުދިއުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
އިންޑިއާ ސަރުކާރުން އިތުރަށް ބުނެފައިވަނީ، އެ ގައުމުގައި ތިބި ރައްޔިތުން ތެހެރާންގައި ހުންނަ އިންޑިއާ އެމްބަސީއާ ގުޅުން ބެހެއްޓުމަށާއި، އެ ގައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ލިބޭ މަޢުލޫމާތަށް ސަމާލުވުމަށެވެ. އަދި ކުއްލި ހާލަތެއް ދިމާވެއްޖެ ހިނދެއްގައި ދަތުރުފަތުރު ކުރުމަށާއި އިމިގްރޭޝަންގެ ކަންކަމަށް ބޭނުންވާނެ ލިޔެކިޔުންތައް (ޕާސްޕޯޓާއި އައިޑީ ފަދަ ތަކެތި) އަތްފޯރާ ފަށުގައި ތައްޔާރަށް ބެހެއްޓުމަށް ވެސް އެ މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު