ބަންގްލަދޭޝަށް ދަތުރު ކުރާ އެންމެންނަށް އޮން އެރައިވަލް ވިސާ ދިނުން މަސް ދުވަހަށް ހުއްޓާލަން ނިންމި ނިންމުން ބަދަލުކޮށް، އެ ގައުމަށްދާ މީހުންނަށް އޮން-އެރައިވަލް ވިސާ ލިބޭ ގޮތަށް ހަމަޖައްސައިފިއެވެ.
ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ދިމާކޮށް އެޤައުމުން ވަނީ އެއްމަސްދުވަހުގެ މުއްދަތަކަށް އޮންއެރައިވަލް ވިސާ ދިނުން ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. އެ ނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އިއުލާނުގައި ވެއެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނުގައިވަނީ އެ ގައުމަށް ދަތުރުކުރާ ދިވެހިން އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކޮށްފައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން މިއަދު ބުނީ ބަންގްލަދޭޝްގެ ސަރުކާރުގެ އެ ނިންމުން މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެެހެންވެ، ކުރިއެކޭ ވެސް އެއްގޮތަށް އެ ގައުމަށް ދާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ ކަމަށް ބުނެފައިވެއެވެ.
ބަންގްލަދޭޝަށް ދާ ދިވެހިންނަށް 90 ދުވަހާ ހަމައަށް އޮން-އެރައިވަލް ވިސާ ލިބެއެވެ.
ބަންގްލަދޭޝްގެ ސިޔާސީ މަޝްރަހު ވަރަށްބޮޑަށް ބަދަލުވެފައިވާއިރު، މިއީ ހަސީނާގެ ވެރިކަމަށްފަހު ފުރަތަމަ ފަހަރަށް ބާއްވާ އާއްމު އިންތިހާބެވެ. ބަންގްލަދޭޝްގެ ވެރިކަން ދޫކުރައްވައި ހަސީނާ ވަޑައިގެންނެވުމާއެކު، އޭރު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ޤާނޫނު ހަދާ މަޖިލީސްވެސް ވަނީ އުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު