އީރާނުގެ އިޤްތިޞާދީ ހާލަތު ގޯސްވުމާ ގުޅިގެން ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތައް މުޅި ޤައުމަށް ފެތުރި، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
މި ކުރިމަތިލުމާއި ގުޅޭ ވީޑިއޯއެއް މިހާރު ދަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ.
ހަމަނުޖެހުންތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާއިރު، ބައެއް ރިޕޯޓްތަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް އަރައެވެ. މީގެ އިތުރުން، ހަޤީޤީ އަދަދު މިއަށްވުރެ ވެސް މަތިވާނެ ކަމަށް ބެލެވެނީ، ޤައުމުގެ އެކި ސަރަޙައްދުތަކުން މައުލޫމާތު ހޯދުމުގައި ހުރި ދަތިތަކާ ހުރެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް މިހާރު ވަނީ މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު "ޝަހީދުވެފައިވާ" ކަމަށް އެއްބަސްވެފައެވެ. ސަރުކާރުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުން ވެސް ހިމެނެއެވެ. ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް، އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށެވެ. މުޒާހަރާތައް މައިތިރިކުރުމަށްޓަކައި އީރާނުގެ ސަރުކާރުން ވަނީ އިންޓަނެޓްގެ ޚިދުމަތް ވެސް ބައެއް ސަރަޙައްދުތަކުން މެދުކަނޑާލާފައެވެ.
މި މުޒާހަރާތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އީރާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ފެށުނު މި ހަރަކާތް މިހާރު ވަނީ ސިޔާސީ ބޮޑު ބަދަލަކަށް ގޮވާލާ ހަރަކާތަކަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އީރާނުގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ކުށްވެރިކުރަމުންނެވެ.

Video of UNREST IN IRAN: Protesters clash with security forces in riot gear after weeks of anti-government unrest.
— Ashvaq Fauzee (@Ashvarg) January 14, 2026
Iranian state television reportedly acknowledges the Islamic Republic has lost “a lot of martyrs” as protests sweep across the country.
At least 2,000 people have… pic.twitter.com/j1oxATxv0A
ހަމަނުޖެހުންތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާއިރު، ބައެއް ރިޕޯޓްތަކުން ދައްކާ ގޮތުގައި މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް އަރައެވެ. މީގެ އިތުރުން، ހަޤީޤީ އަދަދު މިއަށްވުރެ ވެސް މަތިވާނެ ކަމަށް ބެލެވެނީ، ޤައުމުގެ އެކި ސަރަޙައްދުތަކުން މައުލޫމާތު ހޯދުމުގައި ހުރި ދަތިތަކާ ހުރެއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ވެސް މިހާރު ވަނީ މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު "ޝަހީދުވެފައިވާ" ކަމަށް އެއްބަސްވެފައެވެ. ސަރުކާރުން ބުނާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުން ވެސް ހިމެނެއެވެ. ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކޮށް، އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށެވެ. މުޒާހަރާތައް މައިތިރިކުރުމަށްޓަކައި އީރާނުގެ ސަރުކާރުން ވަނީ އިންޓަނެޓްގެ ޚިދުމަތް ވެސް ބައެއް ސަރަޙައްދުތަކުން މެދުކަނޑާލާފައެވެ.
މި މުޒާހަރާތަކަކީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އީރާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި، ފައިސާގެ އަގު ވެއްޓުމުގެ ސަބަބުން ފެށުނު މި ހަރަކާތް މިހާރު ވަނީ ސިޔާސީ ބޮޑު ބަދަލަކަށް ގޮވާލާ ހަރަކާތަކަށް ބަދަލުވެފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އީރާނުގެ ސަރުކާރުން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ކުށްވެރިކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު